ރަމަޟާން މަސް ނިމެންވާއިރަށް އޮނަސައްތަ އިސްމްފުޅާއި އެ ނަންފުޅުތަކުގެ މާނަ ދަސްކޮށް، ސުވަރުގެ ވަންނަން މަސައްކަތް ފަށަމާ!: 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ރަމަޟާން މަސް ނިމެންވާއިރަށް އޮނަސައްތަ އިސްމްފުޅާއި އެ ނަންފުޅުތަކުގެ މާނަ ދަސްކޮށް، ސުވަރުގެ ވަންނަން މަސައްކަތް ފަށަމާ!: 1

އޮނަސައްތަ އިސްމްފުޅު އެނގުމަކީ ސުވަރުގެ ވައްދަވާނެ ކަމެއްގެ ގޮތުގައިނ ބަޔާންވެގެންވެއެވެ. 

(قُلْ ادْعُوا اللَّهَ أَوْ ادْعُوا الرَّحْمَنَ أَيّاً مَا تَدْعُوا فَلَهُ الأَسْمَاءُ الْحُسْنَى) الإسراء: ١١٠ 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ އިސްމުފުޅުން ދުޢާ ކުރާށެވެ. ނުވަތަ رحمٰن ގެ އިސްމުފުޅުން ދުޢާކުރާށެވެ. ތިޔަބައިމީހުން (އެއިލާހުގެ އިސްމިފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެއިލާހަށް الأَسْمَاءُ الْحُسْنَى (އޭ ކިޔުނު އިސްމުފުޅުތައް) ވެއެވެ."

މިއަދު މިގެނެސްދެނީ 8 ނަންފުޅެވެ. ދެން ކޮންމެ ދުވަހަކުވެސް 4 ނަންފުޅު ގެނެސްދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ ކިޔުންތެރިން ކޮށްލަދެއްވަންވީ ކަމަކީ ބުރަކަމަކަށް ނުހައްދަވައި ކޮންމެ ދުވަހަކު ހުށަހަޅައިލަ މިދޭ 4 ނަންފުޅާއި މާނަ ހިތުދަސްކޮށްލެވުމެވެ. 

"އަސްމާއުލްޙުސްނާ" އޮނަސައްތަ އިސްމްފުޅުގެ މާނަ އާއި ޝަރަޙަ

1. ٱلْرَّحْمَـانُ އަޅުތަކުންނަށް ރަޙްމަތްލައްވާ، އޯގާތެރިވެވޮޑިގަންނަވާ ރިޒްޤު ތަނަވަސް ކޮށްދެއްވާ އިލާހު.

2. ٱلْرَّحِيْمُ: އެއިލާހުގެ އަޅުތަކުންގެ ތެރެއިން އީމާންކަމުގެ އަހްލުވެރިންނަށް ޚާއްޞަގޮތެއްގައި ރަޙްމަތްލައްވާ, އަދި އެބައިމީހުން ކުރާ ހެޔޮޢަމަލުތަކަށް މެދުކެނޑުމެއްނެތި ހެޔޮޖަޒާ ދެއްވާ އިލާހު.

3. ٱلْمَلِكُ: އެއިލާހުގެ މިލްކިއްޔާތުގައިވާ ކަންތައް ތަންފީޛު ކުރައްވާ ތަޞައްރުފް ކުރައްވ އިލާހު. 

4. ٱلْقُدُّوسُ: އެންމެހައި ޢައިބު ޞިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ, ދަރިކަލަކު އަދި ބައިވެރިޔަކުވެސް ނުވާ އިލާހު.

5. ٱلْسَّلَامُ: ހުރިހާ ޢައިބުތަކުން ސަލާމަތްވެ ވޮޑިގެންވާ,އާފަތްތަކުން ބަރީއަވެ ވޮޑިގެންވާ, މުއިމިނުންނަށް ޢުގޫބާތް ދެއްވުމުން ސަލާމަތްވެ ވޮޑިގެންވާ އިލާހު.

6. ٱلْمُؤْمِنُ: އެއިލާހުގެ އަމިއްލަ ޛާތުފުޅު ތެދު ކުރައްވާ, އަދި އެއިލާހުގެ އަޅުތަކުން އެއިލާހު ތެދުކޮށްފައިވާ އިލާހު .

7. ٱلْمُهَيْمِنُ: އެއިލާހުގެ އަޅާ ބުނާ ބަސްތަކާއި ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ, އެއްވެސް ކަމެއް އެއިލާހަށް ވަންހަނާވެ ވޮޑިގެން ނުވާ އިލާހު.

8. ٱلْعَزِيزُ: އެއްވެސް ފަރާތަކަށް އެއިލާހުގެ މައްޗަށް ގަދަވެ ނުގަނެވޭ, ގަދަފަދަވަންތަ އިލާހު.

- އިސްމްފުޅުތަކާ ތަރުޖަމާ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން