ސުވާލު:. ކޮޓަރީގައި ކުރުސި ނުވަތަ ﷲ ގެ އިސްމުފުޅު ނޫނީ ޤްރުއާން ލިޔެފައި ހުންނަ ފްރޭމް ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:. އާދެ! ފްރޭމް ބެހެއްޓުން އެއީ އެއްގޮތަކީ އަޅުގަނޑުމެން އެއިން ބަރަކާތް ޙާސިލް ކުރުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ވަނީނަމަ އެއަކުން އެއްވެސް ޙާލެއްގައި އެއްވެސް ބަރަކާތެއް ލިބޭނެކަމެއް ނޫން އެއީކީ،
ދެން އަނެއްކަމަކީ އަޅުގަނޑުމެން އެފްރޭމް ބަހައްޓަނީ ކޮޓަރި ނުވަތަ ގޭތެރެ ޒީނަތްތެރި ކުރުމުގެ ބޭނުމުގައިކަމަށް ވަނީނަމަ ގޭތެރެ ނުވަތަ ކޮޓަރި ޒީނަތްތެރި ކުރެވޭނެ ގޮތަކީ ފްރޭމް އާޔަތްތައް ފްރޭމް ކޮށްފައި ބެހެއްޓުމެއް ނޫން، ޒީނަތްތެރި ކުރެވޭނެ ގޮތަކީ ޤްރުއާން ކިޔެވުން، އަދި ޤްރުއާނާ އެއްގޮތަށް ޢަމަލުކުރުން، އެގޮތަށް ކަންތައް ކޮށްގެން ޒީނަތްތެރި ކުރެވޭނީ ޕޯސްޓަރު ހަދާފައި ނުވަތަ ފްރޭމް ހަދާފައި ގޭގެ ފާރުގައި ހިއްޕިއަސްވެސް އެއަކުން އަދި ލިބޭނެ ފައިދާއެއް ނޯންނާނެ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް