އަށާރަ އަހަރު ނުފުރޭ ކުޑަކުދިންގެ ނަމުގައި އެކައުންޓް ހުޅުވާ ކިޔެވުމަށް ފޮރުވާ ރުފިޔާއިން ޒަކާތް ދައްކަންޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އަށާރަ އަހަރު ނުފުރޭ ކުޑަކުދިންގެ ނަމުގައި އެކައުންޓް ހުޅުވާ ކިޔެވުމަށް ފޮރުވާ ރުފިޔާއިން ޒަކާތް ދައްކަންޖެހޭނެތޯ؟

ސުވާލު:. 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަމުގައި އެކައުންޓް ހުޅުވާ ކިޔެވުމަށް ފޮރުވާ ރުފިޔާއިން ޒަކާތް ދައްކަންޖެހޭނެތޯ؟ 

ޖަވާބު. އާދެ! ފައިސާ ފޮރުވާފައި ހުންނަތާ އަހަރު ހަމަވުމުން އަދި ނިޞާބު ހަމަވާކަމަށް ވަނީނަމަ ޒަކާތް ނެރެންޖެހޭނެ އިނގޭތޯ. ދެން އަޅުގަނޑުމެން މިކަމުގައި ހަމަ ހަނދާންކުރަން ޖެހޭކަމެއް އެއީ ޒަކާތް ނެރުމަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ ފައިސާ އޭގެ ސަބަބުން އުނިވާނެ ކަމެއްނޫން، އޭގައި ބަރަކާތް ލެއްވޭނެކަމެއް އެކަމަކީ. އެހެންވީމައި އަޅުގަނޑުމެން އަދި ކުޑަކުދިން އެކުދިން ކިޔެވުމަށްޓަކައި އެއްކުރާ ފައިސާއިން ކަމުގައި ވީނަމަވެސް އެއިން އަދި އަހަރަކު އެއްފަހަރު ޒަކާތް ނެރެންޖެހޭތީ އެކަމާ އެއްގޮތަކަށްވެސް ކަންބޮޑުވެ ހާސްވެ އުޅޭކަށް ނުވާނެ.

 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން