ރަމަޟާން މަހުވެސް މަސްތުވާތަކެތި މަގުތަކުގަ ޢާންމުވެފަ- ކުރެވޭނެ ކަމެއް ނެތް!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރަމަޟާން މަހުވެސް މަސްތުވާތަކެތި މަގުތަކުގަ ޢާންމުވެފަ- ކުރެވޭނެ ކަމެއް ނެތް!: ޝައިޚް ނިމާލް

މިފަދަ ރަމަޟާންމަހުގެ ދުވާލުގެ ވަގުތުތަކުގައިވެސް މަގުތަކުން މިފެންނަނީ މަސްތުވާތަކެތި ޑީލްކުރާތަނެވެ. ވިއްކާތަނެވެ. ބޭނުންކޮށްގެން މަގުތަކުގައި ތިބޭ ތަނެވެ. ކޮންފަދަ ބޮޑު ހިތާމަހުރި ކަމެއްތޯއެވެ؟ މިފަދަ ޙާލަތުގައިވެސް މިފަދަ ކަންކަން ހުއްޓުވަން އަޅުގަނޑުމެންނަށް (ރައްޔިތުންނަށް ކުރެވޭނެ) ކަމެއް ނެތެވެ. 

މިފަދަ ގޮތްތައް މެދުވެރި މިވަނީ އެކަންކުރާ މީހުންނަށް ތެދުމަގު ނުދައްކަވާތީއެވެ. ތަޤްވާވެރިކަން ނުދެއްވަވާތީއެވެ. ނުދެއްވަވަނީ ތަޤްވާވެރިކަން ހޯދަން މަސައްކަތްނުކުރެވެތީއެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާނުވެވޭތީއެވެ. ވީމާ ތަޤްވާވެރިކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ! ތަޤްވާވެރިކަން ލިބޭނީ އެކަލާނގެ ދެއްވެވި އަޅަކަށެވެ. 

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

ޤަބޫލުކުރެވޭ ގޮތުގައި އެކަންކަން ހުއްޓުވަން ތިބޭ މީހުން ފޭލްވެ މިކަންކަން މުޅި މުޖުތަމައުގައި އޮތް އެންމެ ބޮޑު ނުރައްކަލަށްވެފައި މިވަނީ ހުއްޓުވަން ތިބި މީހުންގެ ޖައްބާރުކަން ބޮޑުވެފައި އެމީހުންގެ ކިބައިގައި އިޚްލާޞްތެރިކަން ނެތުމުން ދުނިޔެމަތީގައިވެސް އެމީހުން ފޭލްކުރައްވަވަމުން ގެންދަވާތީއެވެ.

މިއަދު އޮންލައިން