އަގުކިޔައިގެން ރުޤްޔާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެއީ ކުރެވިދާނެ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަގުކިޔައިގެން ރުޤްޔާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެއީ ކުރެވިދާނެ ކަމެއްތޯ؟

ސުވާލު:. ރުޤްޔާ ކުރާމީހަކަށް ރާޤީއަކާ ރުފިޔާއަށް މިބުނީ އަގުކިޔައިގެން އަނެއްހެން ރުޤްޔާ ކުރުމަކީ އެއީކޮންކަހަލަ ކަމެއްތޯ ކުރެވިދާނެތޯ؟ 

ޖަވާބު:. ރުފިޔާ ނުވަތަ އަގުކިޔައިގެން ރުޤްޔާ ކުރުމަކީ އެއީ މައްސަލައެއްނޫން ސަބަބަކީ ޞަޙާބީން އެބަހުރި އެބޭފުޅުން ފަހަރެއްގައި ދަތުރެއްގެ މަތީގައި އުޅުއްވަނިކޮށް އެބޭފުޅުން ވަޑައިގެންނެވި ރަށެއްގެ އެރަށުގެ ވެރިމީހާއަށް ހަރުފައެއް ވިހަ ލައިގެން އެރަށުގެ ޙަކީމުން ނުވަތަ ޑޮކްޓަރުން ބޭސްފަރުވާކޮށްވެސް އެމީހާއަށް ފަރުވާ ނުލިބިގެން ޞަޙާބީންގެ ގާތުގައި އެދުނީ ތިބޭފުޅުންގެ ތެރޭގައި ރުޤްޔާ ކުރައްވާ ބޭފުޅަކު ހުންނެވިތޯ އެބޭފުޅުން ދެންނެވީ އާދޭހޭ އެކަމަކު ތިމަންނަ މެނަށް ރުޤްޔާ ކޮށްދެވޭނީ ތިމަންނަމެނަށް އޭގެ ބަދަލުގައި ކޮންމެސް އެއްޗެއް ދޭމަތިންނޭ.

ދެން އެގޮތަށް އެއްބަސްވެގެން އެބޭފުޅުން ރުޤްޔާ ކުރެއްވި ރުޤްޔާ ކުރައްވާއިގެން އެބޭފުޅުންނަށް އޭގެ ބަދަލުވެސް ލިބިވަޑައިގެންނެވި ލިބިވަޑައިގެންނެވީމައި އެއެއްޗެއް ބޭނުންކުރެއްވުމުގެ ކުރިން އެންމެ ފުރަތަމަ މަދީނާއަށް އެނބުރި ވަޑައިގެން رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އަށް އެވާހަކަ ދަންނަވައި އަދި رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އެއީ އެންމެ ރަނގަޅުކަމެއް ކަމަށް އެއްބަސްވެވަޑައިގެންނެވީމައި ދެން އެބޭފުޅުން އޭތި ބޭނުންކުރެއްވީ،

އެހެންވީމައި މާނައަކީ ރުޤްޔާ ކުރައްވާ ބޭފުޅުން އަގުކިޔުއްވައިގެން އެކަން ކުރުމަކީ އެއީ މައްސަލައެއްނޫން އެއީ ހަމަ އަޅުގަނޑުމެން އެއްކަލަ މެޑިކަލް ޑޮކްޓަރީ ފަރުވާ ހޯދުމަށްޓަކައި ކްލިނިކް ތަކަށް ގޮއްސައި ކްލިނިކަށް ލާރި ދައްކައިގެން ފަރުވާ ހޯދާގޮތަށް ހަމަ ރުޤްޔާ ކުރައްވާ ބޭފުޅުނަށްވެސް އަޅުގަނޑުމެން ލާރި ދީގެން އެކަމުގެ ފަރުވާ ހޯދުން އެއީކީ މައްސަލައެއްނޫން. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން