އެއީ މަދީނާގެ އެންމެ ހޫނު ގަދަ ދުވަސްވަރެވެ. އެހެންވެ މެންދުރުގެ ހޫނު ގަދަ ވަގުތުގައި އެއްވެސް މީހަކު ވަރަށް ބޮޑު ބޭނުމެއް ޖެހިގެން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަކަށް ނުކުންނާނެއެވެ.
އިމާމް ޙަސަނުލް ބަޞަރީ ހައްޖަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި މަދީނާގައި ހުންނެވި ދުވަހެކެވެ. ފެނިވަޑައިގަތީ އެހޫނުގަދަ ވަގުތުގައި އަންހެން ބޭކަނބަލަކު ޖޮންމެވެސް އެއްޗެއް ފޮރުވައިގެން ވަރަށް ބާރަށް ހިނގާތަނެވެ. އެގަދީގައި އޭނާ އެގަދަ ހޫނުގައި ބޭރަށް ނުކުމެ އެއުޅެނީ ވަރަށް ބޮޑު ބޭނުމެއް ޖެހިގެން ކަމާއި އޭނާ ފޮރުވައިގެން އެގެންދާ އެއްޗެއް އޮޅުން ފިލުއްވަވަން އިމާނމް ބޭނުންފުޅުވިއެވެ.
އިމާމް އޭނާގެ ފަހަތުން ވަޑައިގެން އެކަންކަމާއިބެހޭ ގޮތުން ސުވާލުކުރައްވައި އަދި އެކަލޭގެފާނަކީ އިމާމް ހަސަނުލްބަޞަރީ ކަމުގައި ވިދާޅުވުމުން އެބޭކަނބަލަކު ދެންނެވިއެވެ. "މަދީނާގެ މީހުން ބަދަލުވެއްޖެއެވެ. އަޅުގަނޑުގެ 3 ދަރިން ނުކައިތިބޭތާ 3 ދުވަސްވެއްޖެއެވެ. ގެތަކަށް ހިނގައި ސަލާންޖަހައިފީމެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުދިނެވެ. އެހެންވެ މަގުތަކުގައި ހިނގަނިކޮށް މަރުވެފައި އޮތް ކުކުޅެއް ފެނުމުން އެވެސް މިހާލަތުގަ އަޅުގަނޑަށް ޙަލާލުވާނެތީ މިދަނީ އެކުކުޅު ހިފައިގެންނެވެ. ފޮރުވައިގެން މިގެންދަނީ އެ ކުކުޅެވެ."
އިމާމް އޭނާގެ ޙާލުގެ އަޑުއައްސަވާފައި އެއްކުރަވައިގެން ޙައްޖަށް ގެންދެވި ހުރިހާ ފައިސާއެއް އެކަމަނާއަށް ދެއްވާފައި ހިފައިގެން ގޮސް ދަރިންނަށް ކާންދޭން ވިދާޅުވިއެވެ.
- ޝައިޚް ނިމާލް މުޙައްމަދު
ދަރުސްގެ ވީޑިއޯ: