ސުވާލު: ރުޤްޔާ ކުރުމުގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ޝެއިޚް؟
ޖަވާބު:. ރުޤްޔާކުރުން! އެކަން ބިނާވެގެން އަންނަނީ ޙަޤީޤަގުގައި އެމީހެއްގެ ތަޖްރިބާއަށް ދެން رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ޙަދީޘް ކުރައްވާފައިވަނީ ޝިރުކު ނުވަންނަކަމަށް ވަނީނަމަ އޭގެތެރެއަށް ރުޤްޔާކުރުމުގެ ތެރޭގައި ޝިރުކު ނުވަންނަކަމަށްވަނީނަމަ ހަމަ އެމީހެއްގެ ތަޖްރިބާއިން ކުރިއަށްގެންދާށޭ،
މާނަޔަކީ މިސާލަކަށް ބައެއްމީހުން ބުނެފާނެ ބޮލުގައި ރިއްސާކަމަށް ވަނީނަމަ ދިހަ ފަހަރަށް އާޔަތުލް ކުރުސި ކީމައި ރަނގަޅުވާނޭ. އެއީ އޭނައަށް އެކަން ތަޖްރިބާ ކުރެވިފައި ހުރީމަ އޭނާގެ ތަޖްރިބާގެ އަލީގައި އެގޮތަށް ބުނަނީ، އެހެންވެއްޖެއްޔާ އެގޮތަށް ކަންތައް ކުރުމަކީ މައްސަލައެއްނޫން. ދިހަފަހަރު އާޔަތުލް ކުރުޝީކިޔެވުމަކީ އެއީ އޭގެ ތެރޭގައި ޝިރުކު ހިމެނޭ ކަމެއް ނޫން. އެހެންވީމައި ރުޤްޔާކުރުމަށްޓަކައި އެކުރާ ކަންތައްތަކުގެ ތެރޭގައި ޝިރުކު ނުހިމެނޭ ކަމަށް ވަނީނަމަ އެކަން މަނާކުރާނެ އެއްވެސް ހައިސިއްޔަތެއް ނެތް.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް