ތިބާއަކީ ރޯދަ ހިފަން ޝަރުޠު ހަމަވާ މީހެއްތަ؟ ދެންވެސް އަވަހަށް ޝަރުޠު ހަމަކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތިބާއަކީ ރޯދަ ހިފަން ޝަރުޠު ހަމަވާ މީހެއްތަ؟ ދެންވެސް އަވަހަށް ޝަރުޠު ހަމަކޮށްލަމާ!

އަހަރެމެންގެ ތރެެއިން ބައެއް މީހުން ރޯދަހިފަން ނުކައި ތިބޭއިރު ތިމާއަކީ ރޯދަ ހިފަން ޝަރުޠުހަމަވާ މިހެއްކަން ނުވަތަ ނޫން ކަމާއިމެދު ވިސްނައިލެވޭބާވައެވެ! އެކަން ބަޔާން ކުރައްވައި ޑރ. ޢަލީ ޒާހިރު ވިދާޅުވެފައިވާ މިބަސްފުޅުތަކަށް އަވަހަށް ވިސްނައިލުން ބުއްދިވެރިއެވެ.

އެންމެ މުހިންމު ކަމަކީ އީމާންކަން ފުރިހަމަކުރުމެވެ. ރޯދަ ހިފޭނީވެސް އީމާންކަން ފުރިހަމަކޮށްގެންނެވެ. އަދި ފުރިހަމައަށް އީމާންވުމަކީ މާތްﷲގެ މަގުގައި ސާބިތުވެ ހުރުމެވެ. ފުރިހަމަ ގޮތުގައި އިމާން ނުވާ މީހުން ކުރާ އެއްވެސް އަމަލެއް މާތްﷲ ޤަބޫލުފުޅު ނުކުރައްވަވާނެ އެވެ. އެހެންކަމުން އެފަދަ މީހުން ރޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއެ ތިބުމަކުން އެއީ ރޯދަހިފުންކަމަށް ނުވާނެއެވެ.

މާތްﷲ ނަހީ ކުރައްވަވާފައި ކަންކަން ކުރަނީ އީމާން ނުވެވޭތީ އެވެ. އެހެންކަމުން ރޯދައަށް ހުރެ މާތްﷲ ނަހީ ކުރެއްވެވި ކަންކަން ކުރާނަމަ ރޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއި ތިބުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

ދުނިޔޭގައި ތިބި ބައެއް ބޮޑެތި މަހުޖަނުން ތަފާތު ކަންކަމަށް ބޮޑެތި ހޭދަތައްކޮށް އިންސާނިއްޔަތަށްޓަކައި ހޭދަތައް ކުރެއެވެ. ނަމަވެސް އެކަމުން މިދުނިޔޭގައި އެމީހަކަށް ރީތި ނަމެއް ލިބުނު ނަމަވެސް އާޚިރަތުގައި އެމީހަކަށް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ އެމީހާއަކީ މާތްﷲއަށް އިމާންވެގެންހުރި މީހަކަށް ނުވާތީ އެވެ.

ފުރިހަމައަށް އީމާންވެގެން ހުންނަމީހާ މީސްތަކުންގެ ހައްޤުތަކަށް އަރައި ނުގަންނާނެ އެވެ. މީސްތަކުންނަށް އަނިޔާވެރިވެ ގެއްލުމެއް ނުދޭނެ އެވެ. އަދި އެހެން މީހަކަށް އެއްވެސް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.

ހެޔޮ އަމަލުތައްކޮށް އަކަމުން ސަވާބާއި ދަރުމަ އަދި މާތްﷲގެ ރުއްސެވުން ހޯދަން މަސައްކަތްކުރަން މަސައްކަތްކުރަން ރަމަޟާންމަހަށްވުރެ ވަކިން މުހިންމު މޫސުމެއް ނެތެވެ. އެކަން މާތް ﷲ ވަނީ ކީރިތި ޤްރްޢާނުގައި ބަޔާންކުރައްވަވާފައެވެ. އެހެންކަމުން ރޯދަ އެއިގެ ފުރިހަމަ ގޮތުގައި ހިފައި އަދި ރޯދައިގެ ސަވާބު އިތުރުވާނެ ހުރިހާ އަމަލުތަކެއް ވިހައި ގިނައިން ކުރަން ރަމަޟާންމަހު ޅާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ.

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

މިއަދު އޮންލައިން