ޤަބުރުސްތާނަކުން ދަނިކޮށް ބޮލެއްގެ ކަށިގަނޑު ފެނުމުން ސަޖިދަކުރިމީހާ އާ ސަޖިދަކުރުމުން އޭނާއަށް އިވުނު އަޑުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޤަބުރުސްތާނަކުން ދަނިކޮށް ބޮލެއްގެ ކަށިގަނޑު ފެނުމުން ސަޖިދަކުރިމީހާ އާ ސަޖިދަކުރުމުން އޭނާއަށް އިވުނު އަޑުގެ ވާހަކަ-

ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. މާކުރީ ޒަމާނުގައި އުޅުނު ބަނީ އިސްރާއީލުންގެ މީހެކެވެ. އޭނާ ޤަބުރުސްތާނަކުން ދަނިކޮށް މާކުރިން މަރުވެފައިވާ މީހެއްގެ ބޮލުގެ ކަށިގަނޑު ފެނުމުން އޭނާ އަސް ކުރެވިފައިވާ ފާފަތައް ހނދާންވުމުން ބުންޏެވެ. 

ޔާ ﷲ! މިއަޅާއަކީ ޖާހިލަކީމެވެ. ކަންކަން ނުއުނގޭ މީހަކީމެވެ. އިނބަ ﷲ އީ ގިނަގިނައިން، އެތައް ފަހަރަކުވިޔަސް ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. (ތަކުރާރުކޮށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ.) މިއަޅާއީ ގިނަގިނައިން ފާފަތަކަށް އަރައިގަނެވޭ މީހަކީމެވެ. 

އެހެން ބުނެފައި އޭނާ ހުރިތަނަށް ބިންމައްޗަށް ސަޖިދަކުރީއެވެ. 

އެވަގުތު އޭނާއަށް އަޑެއް އިވުނެވެ.  "ބިންމަތިން ބޯ ހިއްލައިލާށެވެ! (ތެދުވާށެވެ!) ތިމަން ﷲ އީ ގިނަގިނައިން ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. ތިބާއީ (މީސްތަކުންނީ) ގިނަގިނައިން ފާފަތަކަށް އަރައިގަނެވޭނެ ބައެކެވެ." 

މީސްތަކުންނޭވެ! އަހަރެމެންގެ ޙާލުހުރިގޮތަކީ މިއެވެ. އަބަދު އަބަދު ތަކުރާރުކޮށް ފާފަތައް ކުރެވެނީއެވެ. ވީމާ އޮތީ ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. ގިނަގިނައިން މަރު ހަނދާންކުރުމެވެ. ޖަނާޒާތަކުގައި ގިނަ ގިނައިން ބައިވެރިވެ ޤަބުރުސްތާނުތަކަށް ޒިޔާރަތްކުރާށެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

ގުޅުންހުރި ވީޑިއޯ: 

 

މިއަދު އޮންލައިން