ސުވާލު:. ނަމާދު ޤަޞްރުކޮށް ޖަމްޢުކުރާއިރު މަޣްރިބް ވަގުތު ޢަޞުރުނަމާދު ކުރެވިދާނެތޯ؟
ޖަވާބު:. މިހާރު ކޮންމެ ނަމާދެއްވެސް އެނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރަންވާނެ، މެންދުރާ ޢަޞުރާ ކުރަން އެންމެ ފަހުވަގުތަކަށް މިއިންނަނީ ޢަޞުރު ނަމާދު ވަގުތު ނިމުމުގެ ކުރިން، މާނައަކީ އިރުއޮއްސުމުގެ ކުރިން، މެންދުރާ ޢަޞުރާ ކުރަންވާނެ، ދެން މަޣްރިބާ ޢިޝާއާވެސް ރޭގަނޑުގެ ދެބައިވުމުގެކުރިން ކުރަންވާނެ،
އެހެންވީމައި މަޣްރިބް ވަގުތަކުނޫން ޢަޞުރުނަމާދު ކުރާނީކީއްޔެއް، ނުވަތަ މެންދުރުނަމާދު ކުރާނީކީއްޔެއް، އެނަމާދަކަށް ކަނޑައެޅިފައި އޮންނަ ވަގުތުގައި އެނަމާދެއް ކުރަންވާނީ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް