މިޔުޒިކް އަބަދު އަންނައިރު ގޭތެރޭ އަބަދު ޓީވީ އަޅުވާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މިޔުޒިކް އަބަދު އަންނައިރު ގޭތެރޭ އަބަދު ޓީވީ އަޅުވާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު: ގޭތެރޭ އަބަދު ޓީވީ އަޅުވާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟ ޓީވީން ލަވަ ނުފެނުނުކަމުގައިވިއަސް އިޝްތިހާރު އަދި ކާޓޫން އަންނައިރު މިޔުޒިކް އަބަދުވެސް އިވިއިވި ހުންނަނީ- 

ޖަވާބު:. އާދެ! މިޔުޒިކް އިވޭގޮތަށް ކަންތައް ކުރުމަކީ އެއީ ރަނގަޅު ކަމެއްނޫން، އެ ސަބަބަކީ މިޔުޒިކް އޭގެ ޒާތުގައި އެއީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާފައިވާ އެއްޗެއްނޫން، ދެން ޓީވީން ރަނގަޅު ޕްރޮގްރާމްތައް މިސާލަކަށް ދީނީ ދަރުސެއް ނޫނީ ޤްރުއާން ކިޔެވުން ނުވަތަ ޤްރުއާން ކިޔަވަން ދަސްކޮށް ދިނުން ނުވަތަ ނަމަދު ކުރަން ދަސްކޮށްދިނުން އެކަހަލަ އެއްޗެހި އަންނަކަމަށް ވަނީނަމަ ޓީވީ އަޅުވާފައި ބެހެއްޓުމަކީ ރަނގަޅުކަމެއް. 

އެހެން ނޫންނަމަ ހަމަ ވިސްނަންޖެހޭނެ ޓީވީ އެގޮތަށް އަޅުވާފައި ބެހެއްޓުމަކީ ރަނގަޅު ކަމަކަށް ނުވާނެ. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޓީވީން މިޔުޒިކްގެ އަޑު އަންނަނަމަ ޓީވީ ވާނީ މިޔުޒިކަލް އިންސްޓްރޫމަންޓަކަށެވެ. އެއިރުން ފެތޭނީ މިޙަދީޘްފުޅަށެވެ. 

 Hadhrat Abu Maalik Ash'ari (radhiyallahu anhu) says that he heard Rasulullah (sallallahu alayhi wasallam) say: "Most certainly, there will be in my Ummah people who will make lawful fornication, silk, liquor and musical instruments." (Bukhaari)

 

މިއަދު އޮންލައިން