ކީރިތި ޤްރުއާން އުނގެނެން މަސައްކަތްކުރާ މީހަކު މިޔުޒިކް އަޑުއަހާނަމަ އެކަމުގެ ސަބަބުން ޤްރުއާން ދަސްކުރުމަށް އަސަރު ކުރާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކީރިތި ޤްރުއާން އުނގެނެން މަސައްކަތްކުރާ މީހަކު މިޔުޒިކް އަޑުއަހާނަމަ އެކަމުގެ ސަބަބުން ޤްރުއާން ދަސްކުރުމަށް އަސަރު ކުރާނެ!: ޑރ. އިޔާޟް

ސުވާލު:. ކީރިތި ޤްރުއާން ދަސްކުރާމީހަކު މިޔުޒިކް އަޑުއަހާނަމަ އޭގެން ޤްރުއާން ދަސްކުރުމަށް އަސަރު ކުރާނެތޯ؟

ޖވާބު:. އާދެ! الإمام الشافعي رحمه الله تعالى އެއީ ވަރަށް ހިތްއަލި ބޭފުޅެއް. އެހެންނަމަވެސް އެކަލޭގެފާނަށް ވީގޮތަކީ އެއްދުވަހެއްގައި ތަންކޮޅެއް ފިލާވަޅު ދަސްވުން އުނދަގޫތަކެއް ދިމާވީމާ އެކަލޭގެފާނުގެ އުސްތާޒެއްގެ ގާތުގައި އެކަމުގެ ޝަކުވާ ދެންނެވި. ދެންނެވީމައި އެ އުސްތާޒް ވިދާޅުވަނީ އޭ ދަރިފުޅާއޭ، ބުނަންހޭ ވާހަކައެއް! ޢިލްމަކީ އެއީ ﷲގެ ނޫރެކޭ! ނުވަތަ ﷲ ދެއްވާ އަލިކަމެކޭ! އެއަލިކަން ﷲ سبحانه وتعالى ނުދެއްވާނޭ އެއިލާހަށް އަށް އުރެދޭ މީހުންނަކަށް! 

އެހެންވީމާ ޤްރުއާން ހިތުދަސްކުރުންފަދަ މާތް ޢަމަލެއް ކުރަމުން ގެންދާމީހަކު މިޔުޒިކް އަޑުއެހުން ކަހަލަ ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެ. އެހެން ނޫންކަމަށްވަނީނަމަ އޭނާ އެކުރާ މަސައްކަތް ކުރިއަރާ ދިއުމުގައި ހަމަ  ހުރަސްތަކެއް ކުރިމަތިވުން އެއީ އެކަށީގެންވާކަމެއް. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން