ރަމަޟާން މަހާއި ކުރިމަތިލާފައިވާއިރު ކޮންމެ މުސްލިމްކުވެސް ބޭނުންވާނެ އެއްކަމަކީ ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. އެހެންކަމުން އެފަދަ ބަދަލެއް ގެންނަން ބޭނުން މީހާ މި 5 އާޔަތާއިމެދު ފުންކޮށް ވިސްނައިލާށެވެ. ވިސްނައި ފިކުރުކޮށްފިނަމަ ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ. އެކަމުގެ ސަބަބުން ޙަޔާތަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެއެވެ.

މިއާޔަތުން އެނގިގެންދަނީ ހަމަ އެކަނި އީމާން ވެއްޖައިން ކަމަށް ބުނުމަކުން ނުފުދޭނެ ކަމެވެ. އީމާން ކަމާއި އިސްލާމް ކަމުގެ ރުކުންތަކަށް އަމަލުކުރަން ޖެހޭނެ ކަމެވެ. އެ މަގުގައި ސާބިތުވެ ތިބެން ޖެހޭނެ ކަމެވެ.

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢަލާއަށް ވަކީލުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ. ރިޒްޤު ދެއްވަވާނެ ކަމެވެ. ﷲ ތަޢަލާ ނޫން އެއްވެސް ފަރާތަކުން އެއްވެސް އެހީތެރިކަމަކަށް ބޭނުން ނުވާނެ ކަމެވެ. އަހަރެމެންނަށް ދެއްވަވާނީ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މިންވަރެއް ކަމެވެ. އެ މިންވަރަށް ވަކީލުކޮށް ޝުކުރުވެރިވާން ޖެހޭނެ ކަމެވެ. ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ އިންތަކުން ކަންކަން ލިބިގަތުމަށް މަސައްކަތް ކުރުމެއް ނެތްކަމެވެ.

އަހަރެމެން މުސްލިމުންނަކީ އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެ ބައެކެވެ. ޞަދަޤާތްކުރުމާއިއެކު ދުލުން ހެޔޮ ބަސްތައް ބުނެ އެހެން މީހުންނަށް އެހީތެރިވެދޭ ބައަކަށްވާނެ ޖެހެއެވެ. މީސްތަކުންގެ ބޭނުންތައް ދެނެގަނެ އެ ބޭނުންތައް ފުއްދައިދޭ ބައަކަށްވެސް ވާން ޖެހެއެވެ. މިކަންކަން ފުރިހަމަ ނުކޮށް ހަމަ އެކަނި އަޅުކަން ކުރުމަކުން ނުފުދެއެވެ. އަޅުކަން ކުރުމާއިއެކު މިކަންކަންވެސް ފުރިހަމަކުރަން ޖެހެއެވެ.

ﷲ ތަޢާލާ ވަނީ އަހަރެމެންނާއިއެކު ކުއްތަންވެވޮޑިގެނެވެ. އަހަރެމެން ދުޢާ ކުރުމުން އެ ދުޢާ އިޖާބަ ކުރައްވަވަތެވެ. ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އަޅުކަން ކުރުމުން ފުދުނީ ކަމަށެވެ. ފާފައަކަށް އަރައި ނުގަނެ ހުރުމުން ފުދުނީ ކަމަށެވެ. ﷲ ތަޢާލާއަށް ދުޢާ ނުކުރި ނަމަވެސް އެމީހަކު އެދޭހައި ކަންކަމެއް ދާނީ ފުރިހަމަވަމުން ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަރެމެންނަކީ ގިނަގިނައިން ދުޢާކުރާ ބައަކަށް ވާން ޖެހެއެވެ. ކަންކަމަށް އެދި އާދޭސް ދަންނަވާ ބައަކަށް ވާން ޖެހެއެވެ.

ޣީބަ ބުނުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދެ މީހަކު ބައްދަލުވެ ވާހަކައެއް ދައްކާނަމަ ދެމީހުންގެ އަމިއްލަ ވާހަކަތަކަށްވުރެ ގިނައިން ދައްކާނީ އެހެން ކޮންމެވެސް މީހެއްގެ ވާހަކަތަކެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. ހަމަ އެއާއިއެކު މީސްމީހުންނަށް ޝައްކުކޮށް ފާރަ ނުލާށެވެ. ބައެއް ހީތަކަކީ ފާފައެކެވެ. ޖާސޫސްކޮށްގެން ކަންކަން ހޯދަން މަސައްކަތް ނުކުރާށެވެ. އަހަރެމެންނަށް ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. ފާފަފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ފާފަތައް ފުއްސަވައި ދެއްވެވުން އެދޭ މީހުންގެ ފާފަތައް ގިނަގިނައިން ފުއްސަވައި ދެއްވަވާ ރަޙީމްވަންތަ ﷲ އެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކީރިތި ޤްރުއާނުގެ މި 5 އާޔަތުގައި އެވަނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ވަރަށް ގިނަ އިރުޝާދުތަކެވެ. ވީމާ މިފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކޮށްފި މީހަކަށް ރަނގަޅު މަގު ފެނިގެންދާނެއެވެ. ޢިބްރަތް ޙާޞިލުކުރުމަކީ އާޔަތްތަކަށް ޢަމަލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން