ސުވާލު:. މީހަކާ ގުޅުމެއް ބާއްވައިގެން އެމީހާގެ ނަފުސަށް ގެއްލުން ވިޔަސްވެސް ވާހަކަ ދެއްކުން މުހިންމުވާނެތޯ؟
ޖަވާބު:. ނަފުސަށް ގެއްލުންވާފަދަ އެއްވެސްކަމެއް ކުރުމަކީ އެއީ ކޮށްގެން ވާނެކަމެއްނޫން، ﷲ ވަޙީ ކުރައްވާފައިވަނީ " وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ " ތިޔަބައިމީހުން އެނގިތިބެ ނަފްސު ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ. އެހެންވީމާ މިވެނިކަމެއް ކޮށްފިކަމަށްވަނީނަމަ ތިމަންނައަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތި ވާކަން އެނގިހުރެ އެކަމެއް ކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއްނޫން.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް