ސުވާލު:. الله تعالی ގެ ޙުކުމަކީ ކޮބައިތޯ؟ އަދި އެ ޙުކުމުގައި ޝަރީކް ކުރުމަކީ ކޮބައިތޯ؟
ޖަވާބު:. ﷲ ގެ ޙުކުމަކީ އެއީ الله سبحانه وتعالى ވަކިގޮތަކަށް ކަނޑައަޅުއްވާ އަންގަވާފައިވާ ކަންތައްތައް ﷲ ޤްރުއާނުގައި ނުވަތަ އެކަލާންގެ ރަސޫލާ صَلّى الله عَلَىهِ وَسَلّمْ މެދުވެރިކުރައްވާ އަންގަވާފައިވާ ކަންތައްތަކެވެ.
ޝަރީކް ކުރުމަކީ އެއީ އެކަމެއްކުރުމުގައި ﷲ އާއެކުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ.
މިސާލަކަށް އަޅުގަނޑުމެން ނަމާދު ކުރަންޖެހެނީ ހަމައެކަނި ﷲ އަށް ޓަކައި. ނަމާދުކުރާއިރުގައި އެހެންމީހަކަށް ދެއްކުންތެރިކަން އެކަމުގައި ބައިވެރި ވެއްޖެކަމަށް ވަނީނަމަ އޭގެ މާނައަކީ އޭނާ ﷲ ގެ حضرة ން ދަރުމައާ ސަވާބަށް އެދުމާ އެކީގައި އަދި އެހެންމީހެއްގެ ރީތިނަން ހޯދަންވެސް އޭނާއަށް އެކަމުގައި ބޭނުންވުން.
އެހެންވީމައި ﷲ އާއެކު އެހެންފަރާތެއް ބައިވެރި ކުރެވިފައި އެވަނީ. އެއަށް މިކިޔަނީ ޝަރީކްކުރުމޭ، އެހެންވީމާ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ﷲ އަށް ޓަކައި އިޚްލާޞްތެރިކަމާއެކީގައި، މާނައަކީ ހަމައެކަނި ﷲ ގެ حضرة ން ދަރުމަ އާއި ސަވާބަށް އެދިގެން އޭގެ އެއްވެސް ޙާލެއްގައި އެހެންމީހެއްގެ ފަރާތުން ލިބިދާނެ ރީތި ނަމަކަށް މީހަކު ބުނެފާނެ ހެޔޮބަހަކަށް ބަލައިގެންނެއްނޫން.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް