ޢުމުރު ދިގުކޮށްލަން ބޭނުން ހެއްޔެވެ؟ ނުވަތަ ޢުމުރު ދިގުކޮށްދެއްވެވުމަށް އެދެމުހެއްޔެވެ؟
سلمان رضي الله عنه ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. "لاَيَرُدُّ الْقَضَاءَ إِلاَّ الدُّعَاءُ، وَلاَ يَزِيْدُ فِيْ الْعُمُرِ إلاَّ الْبِرُّ " (رواه الترمذى: 2129، والحاكم)
މާނައީ: "ދުޢާކުރުން މެނުވީ މިންވަރުފުޅުގައި ވާކަންތައް (އެބަހީ: އެމީހެއްގެ ނަޒަރުގައި މިންވަރުފުޅުގައިވާ ގޮތް) ބަދަލުކުރާ ކަމެއް ނުވެއެވެ. އަދި (އިޙްސާންތެރިކަމާއި ކިޔަމަންތެރި ކަމާއެކު) ހެޔޮކަންތައް ކުރުން ނޫނީ ޢުމުރު ދިގު ނުކުރާ ހުއްޓެވެ."
ޙަދީޘް އާއި މާނަ ބަޔާންކޮށްދެއްވީ: ޝައިޚް އިބްރާހީމް ފަރީދު އަހްމަދު