ދަތުރުމަތީގަ އަބަދު އުޅެންޖެހޭނަމަ ނަމާދު ކުރުން އެންމެ ރަނގަޅީ ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ދަތުރުމަތީގަ އަބަދު އުޅެންޖެހޭނަމަ ނަމާދު ކުރުން އެންމެ ރަނގަޅީ ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށްތޯ؟

ސުވާލު:. އަޅުގަނޑަކީ ޢުމުރުން އަށާރަ އަހަރުން ފެށިގެން ކަނޑުމަތީގައި އުޅޭ މީހަކީމެވެ. ވީމާ އަޅުގަނޑު ނަމާދު ކުރުން އެންމެ ރަނގަޅީ ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށްތޯ؟ 

ޖަވާބު:. އާދެ! ކަނޑުމަތީގައާ ދަތުރުމަތީގައި ދަތުރެއްގެމަތީގައި އުޅޭކަމަށް ވަނީނަމަ އޭނާ ވާނި ދަތުރުވެރިއަކަށް. އެއީ އަދި ކިތަންމެ ދުވަހެއް ވަންދެން އެގޮތަށް އުޅެންޖެހުންކަމުގައިވީނަމަވެސް. 

އެހެނެއްނޫން! މިސާލަކަށް އޭނާ ރަށެއްގައި ވަޒަންވެރިވެގެން މަޑުކޮށްގެންގެން ހުންނަކަމަށް ވަނީނަމަ އެއީ އޭރުން އޭނާގެ ދަތުރުވެރިކަން ކެނޑުނީ، އެހެނެއްނޫން އޭނާ އެކިތަންތަނަށް ދަތުރުކުރުންމަތީގައި ދެމިހުންނަ ކަމަށް ވަނީނަމަ އެއީ އަދި އޭނާ ވަޒީފާގެ ގޮތުން ކުރާކަމެއްކަމުގައި ވީނަމަވެސް ނުވަތަ އެނޫން ގޮތަކުން ކުރާކަމެއްކަމުގައި ވީނަމަވެސް ދަތުރުވެރިއެއްގެ ގޮތުގައިވެއްޖެ ކަމުގައި ވަނީނަމަ އޭނާ ބެލެވެނީ ދަތުރުވެރިއަކަށް، 

އެހެންވެއްޖެއްޔާ އޭނާއަށް ނަމާދު ޤަޞްރުކޮށް ޖަމްޢުކުރެވޭނެ. އެއީދަތުރުވެރިއަކަށް ނުވަނަމަ ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ކުރަންވާނެ. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން