ރޯދަހިފަމުންދާއިރު ހިތް ސާފުކުރަން ކުރެވިދާނެ މުހިންމު ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރޯދަހިފަމުންދާއިރު ހިތް ސާފުކުރަން ކުރެވިދާނެ މުހިންމު ބައެއް ކަންކަން!

ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. އެހެންކަމުން މިބުނާ ކަންކަން ކުރެވުނުތޯ ބަލައިލުން އެދެމެވެ.

ފުރަތަމަ ކަމަކީ ހިތް ސާފުކުރެވުނުތޯއެވެ! ހިތް ސާފުކުރުމަކީ ހިތުގައި ހުރި ބުރަތައް ފިލުވައިލުމެވެ. އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބޭއްވުމެވެ. މީސްމީހުންނާއިމެދު އުފެދިފައިވާ އުދާސްތައް ބޭރުކޮށްލުމެވެ. އެކަންކަމަށް މަޢާފްކޮށްފައި ހިތް ސާފުކޮށްލުމެވެ.

ޚާއްޞަކޮށް އެމީހެއްގެ ޢާއިލާގެ މީހަކަށް އެއްވެސް ހިތް ބުރަކަމެއް ނުބާއްވާށެވެ. އަނިބިމީހާއަށް ވެސް ފިރިމީހާއަށް ވެސް އަދި ޢާއިލާގެ އެއްވެސް މީހަކަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާށެވެ. ހުރިހާ ކަމަކަށް މަޢާފްކުރާށެވެ. އެހެނީ ރޯދައަށް ހުންނައިރު މިފަދަ ކަންކަމަށް ވިސްނުމަކީ ރޯދައިން ބައެއް އުނިވެގެން ހިނގައިދާނެ ކަމަކަށްވާތީއެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުންނެވެ.

އަހަރެމެންގެ ހިތްތައް ފެނުން ދޮވެ ސާފުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިތް ސާފުކުރެވޭނީ އަހަރެމެންގެ އަމަލުތަކުންނެވެ. އެންމެ ބޮޑު ބާރަކީ މާފުކުރުމުގައި ދީލަތިވުމެވެ.

ރަމަޟާން މަސް ކާމިޔާބުކުރަން އިތުރު ހިތްވަރާއިއެކު ހިތުގައި ޢަޒުމް ކަނޑައަޅަން ޖެހެއެވެ. އަދި އެ އަޒުމް ތަންފީޒުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ރަމަޟާން މަހަށް ހިތް ތައްޔާރުކުރުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން