ދެމަފިރިންނަމަ ގެންގުޅޭ ފޯނު އަނެކާއަށް ސިއްރު އެއްޗަކަށް ހަދައިގެން ނުވާނެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދެމަފިރިންނަމަ ގެންގުޅޭ ފޯނު އަނެކާއަށް ސިއްރު އެއްޗަކަށް ހަދައިގެން ނުވާނެ!: ޑރ. ޢަލީ ޒާހިރު

ހަމަ އެގޮތަށް އެކަކު އަނެކަކަށް ވަރަށްބޮޑަށް ސަރީޙަ ސާފުވާންވާނެ. އޮޅުންބޮޅުންތަކާ އެކަކު އަނެކަކަށް ފޮރުވައިގެންކުރާ ކަންކަން ހުރެގެންނުވާނެ. މީވަރަށް ބޮޑަށް ޢާއިލި ދިރިއުޅުމުގާ މައްސަލަ ދިމާވާކަމެއް މިހާރު މިޒަމާނަކީ ކޮންމެމީހަކު އަތުގާ ފޯނެއް ގެންގުޅޭ ޒަމާން. މިފޯނަކީ މުޅިދުނިޔެއާ ގުޅިފާ އޮންނަޒަމާނެއް. މިފޯނުވަނީ މުޅިދުނިޔެއާ ގުޅިފަ އެތައް ބަޔަކާ ގުޅިފަ. ދެޖިންސްގެ އެތައް ބަޔަކާ ވާހަކަދައްކާ އެކިކަންކަން ހިއްސާ ކުރެވޭގޮތަށް އޮންނަ ފޯނުތަކެއްމީ.

އެހެންވީމާ މިހާރު މިފަދަޒަމާނެއްގާ އެކަކު އަނެކަކު ސިއްރުން ފޯނުގެންގުޅެންޏާ އޭގަ ޝައްކު އުފެދޭގޮތް ދިމާވާނެ އެހެންވީމާ އެއްވެސް މީހަކަށް ދެމަފިރިންވެއްޖިއްޔާ އެއީވަރަށްގާތް ދެމީހުން އެކަކު އަނެކަކަށް ފޮރުވައިގެން ސިއްރުން ކުރަންޖެހޭ ކަންކަން އޮވެގެންނުވާނެ. ކޮންމެމީހަކީ އަނެކަކުގެ ފޯނަށްވެސް ވަދެވޭ މީހަކަށް ފޯނުބެލޭމީހަކަށް ވެއްޖިއްޔާ ދެމީހުންނަށްވެސް އެއްވެސްކަހަލަ ނުތަނަވަސްކަމެއް އުދަގުލެއް އެކަންކަމުގައެއް ނުހުންނާނެ. ފޮރުވައި ގެންކުރާ އެއްވެސްކަމެއް ކަމެއް ނޯންނާނެ.  

އެހެންވީމާ ދެމީހުންނަކީ އެކަކު  އަނެކަކަށް އުފާވެރިކޮށް ދިރިއުޅެން އިތުބާރުކޮށްގެން ކާވެނީގެ ޙަޔާތުގެ ބައިވެރިޔާގެ ގޮތަށް އިޚްތިޔާރުކޮށްގެން މިއުޅެނީ އެހެންވެއްޖިއްޔާ އެއިތުބާރާ ޔަޤީންކަމާއެކުގައި ކުރިޔަށްދާން މަސައްކަތް ކުރަންޖެހޭނެ.

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން  

ޝައިޚްގެ ބަސްފުޅާއި ގުޅިގެން ދަންނަވަމެވެ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި ބައެއް ދެމަފިރިންނަކީ ކޮންމެ މީހަކަށްވެސް އަނެކާގެ ފޯނު ހުޅުވައި ބޭނުންކުރުމުގެ ފުރުޞަތުދީގެން އުޅޭ މީހުންނެވެ. އެހެންނަމަވެސް އެހެނެކޭ ކިޔާފައި، އެފުރުޞަތު އޮންނާތީ އެކަކު އަނެކެއްގެ ފޯނު ހުޅުވައި ނުވެސް ބަލައެވެ. އެކަން އޮންނަނީ އިތުބާރުގެ ގޮތުގައެވެ.  

މިފަދަ ދެމަފިރިންގެ މެދުގައި މައްސަލަތައް ވަރަށް މަދުކަންވެސް ފާހަގަކުރެވެއެވެ. ޝައްކުކޮށްގެން އުޅެން ނުޖެހޭތީކަމަށް ޤަބޫލުކުރެވެއެވެ.  

 

 

 

މިއަދު އޮންލައިން