އެންމެ 2 ރަކްޢަތް ނަމާދެއްވެސް ޤަބޫލުފުޅުކުރައްވަވައިފިނަމަ އެހިސާބުން އެމީހަކަށް އެވަނީ ފުދި އިތުރުވެފަ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެންމެ 2 ރަކްޢަތް ނަމާދެއްވެސް ޤަބޫލުފުޅުކުރައްވަވައިފިނަމަ އެހިސާބުން އެމީހަކަށް އެވަނީ ފުދި އިތުރުވެފަ!: ޝައިޚް ނިމާލް

އިބްން ޢުމަރު ރަޟިޔަﷲ ޢަންހް ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނު ކުރައްވަވާ ހުރިހާ ނަމާދުތަކެއްގެ ތެރެއިން އެންމެ 2 ރަކްޢަތް ނަމާދެއް ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިފިކަން އެނގިވަޑައިގެންފިނަމަ ތިމަންކަލޭގެފާނަށް ފުދިވަޑައިގަތީއެވެ. 

އެހެނީ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ތަޤްވާވެރިންގެ ކިބައިންނެވެ. 

އަޅުގަނޑުމެން ބާލިޣްވީންސުރެ އެބަ ނަމާދުކުރަމެވެ. 50. 60، 70 އަހަރުވެގެންދާއިރު ކިހާބައިވަރު ނަމާދުތަކެއް ކުރެވޭނެ ހެއްޔެވެ؟ އަމިއްލަ ނަފްސާއި ކުރަންޖެހޭ ސުވާލަކީ ހަމަ އެންމެ ނަމާދެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކުރެވިއޖެހެއްޔެވެ؟ 

އަޅުގަނޑުމެން ކޮންމެ ނަމާދެއްވެސް ކުރަން މަސައްކަތްކުރަންވީ އެނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށެވެ. ވީމާ ނަމާދުކުރަމުންގެންދަންވީ އެކަމަށް އުންމީދުކުރެވޭނެ ފެނަވަރުގައެވެ. އަޅުގަނޑުމެންގެ ހުރިހާ ވެސް އުންމީދަކަށްވާނޖެހޭނީ އަޅުގަނޑުމެން ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ. 

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ: 

 

މިއަދު އޮންލައިން