ތިމާއަކީ އެކަނިވެރިއެއްކަމަށް އިޙްޞާޞްކުރެވޭނަމަ ކީރިތި ޤުރްއާން ހުޅުވައިލާށެވެ. ކޮންމެވެސް އާޔަތެއްގައި އިނގިލިޖައްސައި ފާހަގަކޮށްލާށެވެ. އެއާޔަތުގެ މާނައާ ތަފްސީރު ކިޔައިލާށެވެ.
މިމޭރުމުން ތިބާ ޢަމަލުކުރަން ފަށާއިރަށް ހުސްވަގުތު ހޯދައިގެންވެސް ޤުރްއާނުގެ ޢިލްމް އުނގެނެން ޝައުޤުވެރިކަން އިތުރުވާންފަށާނެއެވެ. އިން ޝާ ﷲ
އެއިރުން ތިބާއަށް ވަޤުތު އެހޭދަކުރެވެނީ ﷲ ތަޢާލާގެ ފޮތާއިއެކުގައެވެ. އެކަމުގެ ހެޔޮނަތީޖާއަކަށްވެގެންދާނީ އެކަނިވެރިކަން ފިލުމެވެ. މިކަން ތަޖުރިބާކުރި ގިނަ މީހުން ބުނަނީ އެގޮތަށް ކަންތައް ކުރަން ފެށުމުން ވަރަށް ގިނަ ފައިދާތައް ލިބޭކަމަށެވެ.
އެއިގެ ތެރޭގައި އަޅައިލުް ނުލިބޭ މީހުންގެ ކިބައިން އަޅައިލުން ލިބުމާއި ލޯބި ނުލިބޭ މީހުންގެ ކިބައިން ލޯބި ލިބެންފެށުމާއި އަދި ބައިވެރިއަކު ނުލިބިގެން މާޔޫސްވެފައި ހުންނަން ޖެހުމުގެ މައްސަލައަށްވެސް ޙައްލުތައް ލިބޭ ކަމަށެވެ.
އެހެން އެކަންކަން މެދުވެރިނުވާންވީ ކީއްވެގެންހެއްޔެވެ؟ ﷲ ތަޢާލާއަށް ލޯބިވާން އަހަރެމެންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ އެކަލާނގެ ފޮތަށް ލޯބިކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށް އެދޭ މީހާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސްކުން