ފަހުދިހައާ ކުރިމަތިލާން އެބަ ތައްޔާރުވަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ފަހުދިހައާ ކުރިމަތިލާން އެބަ ތައްޔާރުވަމުތަ؟

ވަކިން ޚާއްޞަގޮތެއްގައި މިމައްސަރު ފަހުދިހަޔަށް އެޅުނީމާ ކީރިތި ރަސޫލު ﷲ  لَيْلَة القَدْر ވިލޭރޭ ހޯއްދެވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރައްވާ.! 

އާދެ! ލައިލަތުލްޤަދްރި ވިލޭރެއަކީ އެއީ 1000 މައްސަރަށްވުރެން ހެޔޮކަންބޮޑު ރެޔެއްގެ ގޮތުގާ الله سُبْحَانَهُ وَتَعَالَى ބަޔާން ކުރައްވާފައިވަނީ ވަޙީ ކުރައްވަނީ "   لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ " ލައިލަތުލްޤަދްރި ވިލޭރެއަކީ އެއީ 1000 މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެކެވެ. އެހެންވީމާ އެރޭގެ ހެޔޮކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަންޖެހޭ. 

އާދެ! އެރެޔަކީ 1000 މައްސަރަކީ އެއީ 83 އަހަރާ 4 މަސްދުވަހުގެ ދިގު މުއްދަތެއް. އެހެންވީމާ، ފަހަރެއްގާ އަޅުގަނޑުމެން އިންސާނެއްގެ އާދައިގެ އިންސާނެއްގެ ޢުމުރަށްވުރެން ވެސް އިތުރު ކަންނޭނގެ އެއީ އެހެންވީމާ، އެރޭކުރާ އެންމެ ހެޔޮ ޢަމަލަކީ އެއީ 1000 މައްސަރު ވަންދެން އަޅުގަނޑުމެންކުރާ ހެޔޮ ޢަމަލަށް ވުރެން ހެޔޮކަންބޮޑު ޢަމަލެއްގެ ގޮތުގާ  الله سُبْحَانَهُ وَتَعَالَى  ލައްވާނެކަން އެވަނީ އަންގަވާ ދެއްވާފަ،  

އެހެންވީމާ، ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި އަދި އިތުރަށް އަޅުގަނޑުމެން އަޅުކަމުގާ ހޭދަކޮށް ފަހުދިހައިގެ ބަރަކާތް ޚާއްޞަ ގޮތެއްގައި ލައިލަތުލްޤަދްރި ވިލޭރޭގެ ހެވާއި ލާބަ ޙާޞިލް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރުމަކީ އެއި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން