"އެންމެ ހެޔޮ މީހަކީ އިސްވެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާ މީހާ ކަމުގައި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. އަޚާގެ ފަރާތުން ކިތަންމެ ބޮޑު އަނިޔާތަކެއް ލިބިފައިވީނަމަވެސް ރަޙިމްގެ ގުޅުން ކަނޑައެއް ނުލެވޭނެއެވެ.
ރަޙިމްގެ ގުޅުން ކަނޑައިފިމީހާ ސުވަރުގެ ނުވަންނާނެ ކަމަށް ޙަދީޘްގައި އޮވެއެވެ!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިއީ ﷲ ތަޢާލާގެ ރަޙްމަތުން ފުރިގެންވާ ބަރަކާތްތެރި ރަމަޟާން މަހެވެ. ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަނީ އޭނާގެ ފާފަތައް ފުއްސަވައިދެއްވަވައި ރަމަޟާން މަހު ސުވަރުގެ ވައްދަވާ އަޅަކުކަމުގައިވުމަށެވެ. ރަޙިމުގެ ގުޅުން ކަނޑައިގެން ހުރުމުން ސުވަރުގެ ނުވައްދަވައިފާނެ ކަމަށް ބިރުވެތިވާށެވެ.
ޙަދީޘްފުޅުގައިވާ ފަދައިން އެންމެ ހެޔޮ މީހަކަށްވާން މަސައްކަތްކުރާށެވެ.