ދަރިން ޤުރްއާން މުބާރާތްތަކުގަ ބައިވެރިކުރުމަކުން ނުފުދެއެވެ! މިއީ ގޭގެ އެންމެންގެ މެދުގަ ޤުރްއާން މުބާރާތްތައް ބާއްވަންވީ ދުވަސްތައް! ޝައިޚް މުޙައްމަދު މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދަރިން ޤުރްއާން މުބާރާތްތަކުގަ ބައިވެރިކުރުމަކުން ނުފުދެއެވެ! މިއީ ގޭގެ އެންމެންގެ މެދުގަ ޤުރްއާން މުބާރާތްތައް ބާއްވަންވީ ދުވަސްތައް! ޝައިޚް މުޙައްމަދު މަންޞޫރު

ރަމަޟާން މަހު ޢާއިލާގެ މެދުގައި ގޭގޭގައިވެސް ބާއްވަންވީ ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތަކެވެ. މާނައަކީ ޢާއިލާގެ ތެރޭގައި ވާދަވެރިކަން ބާއްވަންވީ ކީރިތި ޤްރުއާން ކިޔެވުމުގައި ކުރިއަރައި ދިއުމަށެވެ. ހިތްވަރުދީ އެކަކު އަނެކަކަށް އެހީތެރިވާންވީ އެކަމުގައެވެ.

މިއީ ކީރިތި ޤްރުއާނުގެ މައްސަރެވެ. އެހެންކަމުން އެންމެންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ކީރިތި ޤްރުއާނަށެވެ. ކިރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައިގައި ވަނީ ކުރީ ޒަމާނުގައި ހިނގައި ދިއަ ކަންކަމުގެ ތަފާތު ވާހަކަތަކެވެ. އެވާހަކަތައް ދަސްކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ރަމަޟާން މަހުގެ ޙަޤީޤީ ފައިދާ ކުރާނީ އެއިރުންނެވެ.

ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ކީރިތި ޤްރްއާނުން މިހާރު އެނގޭ މިންވަރަށްވުރެ ބޮޑަށް އުނގެނުމަށެވެ. ވީހައި ގިނައިން ކިޔެވުމަށެވެ. ހިތުދަސްކުރުމަށެވެ. ކީރިތި ޤްރުއާން ހިތު ދަސްކުރެވުމުން ދެން މަސައްކަތް ކުރަންވީ މާނަ ދަސްކޮށް އާޔަތްތްކުގައި ބުނަނީ ކޮން ވާހަކަތަކެއްކަން އުނގެނުމަށެވެ. ތަފްސީރު ޢިލްމުވެސް އުނގެނެންވީއެވެ.

ކީރިތި ޤްރުއާނުގެ ޢިލްމް ޙާޞިލުކުރުމަކީ ޙާޞިލުކޮށް ދުވަހަކުވެސް ނިމެން އޮތް ކަމެއް ނޫނެވެ. އެކަމުގައި ކުރިއަށް ދިއަ ވަރަކަށް ދާނީ އިތުރު ކަންތައްތައް އެނގެމުންނެވެ. ވީހައި ބޮޑަކަށް މަސައްކަތް ކުރަންވީ ކީރިތި ޤްރްއާނުގެ ޢިލްމު އުނގެނުމަށެވެ.

- ޝައިޚް މުޙައްމަދު މަންޞޫރު ގެ ދަރުސަކުން

މިއަދު އޮންލައިން