ދަތުރުމަތީގައިވެސް ރޯދަ ހިފޭނެނަމަ ރަނގަޅީ ރޯދަހިފުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ދަތުރުމަތީގައިވެސް ރޯދަ ހިފޭނެނަމަ ރަނގަޅީ ރޯދަހިފުން-

ދަތުރުވެރިންނަށް ރޯދަދޫކޮށްލުން ހުއްދައެވެ. ހަމައެއާއިއެކު އޭނާއަށް ދަތުރުމަތީގައިވެސް ރޯދަ ހިފޭނެނަމަ ލިބޭނެ ފައިދާތަކެއްވެސް އެބަހުއްޓެވެ. ތިރީގައިވާ ޝައިޚް އަޙްމަދު ރިމާޒްގެބަސްފުޅުން އެކަން އެނގިގެންދެއެވެ. 

ޝައިޚް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

ދަތުރުގެ ދަތި އުނދަގޫކަމާއި ފަސޭހަކަމަށް ބަލާއިރު ހަމަވެގެންވާނަމަ އައުލާކަން ބޮޑީ ރޯދަ ހިފުމެވެ. ސަބަބަކީ: ނަބިއްޔާ ދަތުރުމަތީގައި ރޯދަ ހިއްޕެވިކަން ޘާބިތުވާތީ އާއި ކޮނޑުގައި އެޅިފައިވާ ޝަރުޢީ ތަކުލީފުން ބަރީއަން އަވަސްވާނެތީ އާއި ރަމަޟާންމަހުގައި ހިފޭ ރޯދަ މާތްވެގެންވާތީ އެވެ. 

ދަތުރުމަތީގައިވާ ރޯދަވެރިޔާ ފަހުން ރޯދަ ޤަޟާކުރާގޮތަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވާކަމަށް ދަންނަބޭކަލުން އިއްތިފާގުވެފައިވެއެވެ.  ދަތުރުމަތީގައިވާ ރޯދަވެރިޔާ ރޯދަ ހިފުންވެސް ހުއްދަވެގެންވެއެވެ. 

މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ ޞަޙާބީން ބައެއް ދަތުރުމަތީގައި ރޯދަ ހިތްޕެވިކަމަށާއި، އަނެއްބައި ދަތުރުމަތީގައި ރޯދަ ދޫކޮށްލެއްވިކަން ޘާބިތުވެގެންވެއެވެ. 

- ޝައިޚް އަޙްމަދު ރިމާޒް

 

 

މިއަދު އޮންލައިން