އެންމެ ފުރިހަމަ ގޮތުގައި ރޯދަހިފަން މަސައްކަތްކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އެންމެ ފުރިހަމަ ގޮތުގައި ރޯދަހިފަން މަސައްކަތްކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން-

ރޯދަވެރިޔާއަށް 2 އުފަލެއްވޭ: 

1- ރޯދަވެރިޔާ ރޯދަ ވީއްލުމުން ބަނޑުހައިހޫނުކަން ފިލައިދިއުމުން ލިބޭ އުފާ

2- ރޯދަވެރިޔާ ﷲ ތަޢާލާގެ ދަރުބާރަށް ޙާޟިރުވާ ދުވަހު އޭނާގެ ހެޔޮކަމުގެ ތިލަފަތަށް ރޯދައިގެ ސަބަބުން ޖަމާވެފައިވާ ޘަވާބުގެ ގިނަކަން އެނގުމުން ލިބޭ އުފާ 

ހުރިހާ އަޅުކަމަކަށް ހެޔޮ ޖަޒާ ދެއްވަނީ ﷲ އެވެ. ރޯދަަ ފިޔަވައި އެހެނިހެން އަޅުކަންތަކަށް ހެޔޮ ޖަޒާ ދެއްވަނީ 10 ގުނައިން ފެށިގެން 700 ގުނައިން ގޮސް ﷲ އިރާދަކުރައްވާ ވަކި މިންވަރަކަށެވެ. އެކަމަކު ރޯދައަށް ﷲ ހެޔޮ ޖަޒާދެއްވަނީ ހިސާބެއް މިންވަރެއް ކަނޑައެޅުމެއް ނެތި ދީލަތިކަމާއެކު 

"ރޯދަވަނީ ތިމަން އިލާހަށެވެ" ޙަދީޘް މީގެ މުރާދަކީ ރޯދައިގެ އަޅުކަމަކީ އޭގައި ދެއްކުންތެރިކަމެއް ނުވާ، ﷲ އަށް ޚާލިޞްކޮށް އަދާކުރެވޭ އަޅުކަމެކެވެ. 

ރޯދައަކީ އައްޑަނައެއް! ރޯދައިގެ އައްޑަނައިން ތިބާ އެތައްކަމަކުން ޙިމާޔަތްކޮށްދޭނެ އައްޑަނަ ވަރުގަދަ ކުރުމަކީ އައްޑަނައިގެ ވެރިޔާގެ ޒިންމާއެއް! 

- ޝައިޚް އަޙްމަދު ރިމާޒް

 

 

މިއަދު އޮންލައިން