ގަދަކަމުން ވަރިވެގެން ދިއަކަން އެއީ ލެއްވެވި ބޮޑު ރަޙްމަތަކަށްވީ މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ގަދަކަމުން ވަރިވެގެން ދިއަކަން އެއީ ލެއްވެވި ބޮޑު ރަޙްމަތަކަށްވީ މީހެއްގެ ވާހަކަ-

އަޅުގަނޑުގެ އަނބިމީހާއަށް ވަރަށް ހެޔޮކޮށް ހިތީމެވެ. ނަމަވެސް އޭނާއަށް މާލޯބިވާ މީހަކު ފެނުމުން އަޅުގަނޑު ދޫކޮށްލާފައި ގަދަކަމުން ވަރިވެގެން ހިނގައްޖެއެވެ. އޭނާދެކެ ލޯބިވެވޭވަރު ބޮޑުކަމުން އޭނާއަށް އެދި ދުޢާވެސް އެބަކުރަމެވެ. މާޔޫސްކަމުން ސަލާމަތްވެވޭނެ ގޮތަކީ ކޮބައިތޯއެވެ؟

ތިއައީ ވަރަށް ގިނަ ޖަވާބުތަކެއް ޢިލްމުވެރިން ދެއްވާ ސުވާލެކެވެ. ނަމަވެސް ތިރީގައިވާ ލިޔުމުން ފުދޭނެ ކަމަށް އުންމީދުކުރަމެވެ.

ސައުދި އަރަބިޔާގައި އުމުރުން 60 އަހަރުންގެ މަތީގެ ފިރިހެނަކު 30 އަހަރުގެ އަންހެނަކާއި ކައިވެނި ކުރިއެވެ. ކައިވެންޏަށްފަހު އަންހެން ކުއްޖާގެ މައްޗަށް އިންތިހާއަށް ލޯބި ޖެހި އެކުގައި އުޅެން ބޭނުންވިއެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ވަރިވާށެވެ. އެހެންކަމުން ފިރިމީހާ އާދޭސްކޮށްކޮށް ހުއްޓައި އޭނާ ވަރިވެގެން ދިއައީއެވެ.

ދެން އެ ފިރިހެންމީހާ ހުރީ އޭނާއަށް އެ އަނބި މީހާ ދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ހުއްޓައި ޚަބަރު ލިބުނީ ހަމަ އޭނާގެ ޢާއިލާގެ އޭނާއަށްވުރެ އުމުރުން ދުވަސްވީ މީހަކު އޭނާ ވަރިކުރި އަންހެން މީހާ އާއި ކައިވެނި ކުރި ޚަބަރެވެ. ލިބުނު މާޔޫސްކަން ވަރަށް ބޮޑުވިއެވެ.

ނަމަވެސް ކަންކަން ވެގެންދިއައީ ކިހިނަކުން ހެއްޔެވެ؟ މަހެއްހައި ދުވަސް ފަހުން ހެދި ޓެސްޓަކުން އެނގުނީ އެ އަންހެންމީހާގެ ދެ އުރަމައްޗަށް ކެންސަރު ޖެހިފައިވާ ކަމެވެ. ފިރިމީހާއަށް ޖެހުނީ އަބަދު އަނބިމީހާ ގޮވައިގެން ހޮސްޕިޓަލުތަކުގައި އުޅޭށެވެ. އޭނާގެ ޓޭސްޓްތައް ހެދުމާއި ފަރުވާ ކުރުމުގައެވެ. އެގޮތަށް އެކަންކަމުގައި އަވަދި ނެތި އުޅެއުޅެ ހުއްޓައި 9 ވަނަ މަހުގައި އަންހެން މިހާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

ވީމާ ދުޢާ ކުރުމުން އެދޭ ގޮތަށް ކޮންމެފަހަރަކު އިޖާބަ ނުކުރެއްވެވުމަކީ ދުޢާ އިޖާބަ ނުކުރެއްވެވުން ކަމުގައި ނުދެކޭށެވެ. އަހަރެމެންނަށް ރަޙްމަތަކަށްޓަކައި ވެސް ﷲ ތަޢާލާ، އަހަރެމެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވައި ލަސް ކުރައްވަވަތެވެ. ވީމާ އޮތީ ދުޢާ ކުރުމަށްފަހު ކުރިމަތިވާ މިފަދަ ކަންކަމަށް ވިސްނައި ކެތްތެރިވުމެވެ. ﷲ ތަޢާލާ އެއްވެސް މީހެއްގެ ދުޢާ އިޖާބަ ނުކުރައްވަވައި ދުލެއް ނުކުރައްވަވާނެތެވެ.

--ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

މިއަދު އޮންލައިން