ދަރިން ދެކެ ލޯބިވާނަމަ ބާލިޣްވުމުން މަޖުބޫރުކޮށްގެންވެސް ނަމާދުކުރުވަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރިން ދެކެ ލޯބިވާނަމަ ބާލިޣްވުމުން މަޖުބޫރުކޮށްގެންވެސް ނަމާދުކުރުވަންޖެހޭ!

ދަރިން ބާޅީޣްވުމުން ނަމާދުކުރަން އެކުދިންނަށް މަޖުބޫރުކުރެވިދާނެތޯ؟ ބައެއް ފަރާތްތަކުން ސުވާވުލުކުރެއެވެ. 

އެސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ޅައިރުއްސުރެ މިސްކިތަށް ދާން ޢާދަކުރުވަންވާނެ" ކަމަށާއި ބާލިޣްވުމުން މަޖުބޫރުކުރަން ޖެހޭ ކަމަށެވެ. 

މިއަދުނޫހުން ކިޔުންތެރިންނަށް ހުށަހެޅި: 

"ކުއްޖާ ނިޔާވީ ބާލިޣްވިތާ އަހަރުވެސް ނުވަނީހެއްވެ! ކުއްޖާ ނިޔާވިއިރު ނަމާދުކުރުމުގެ އާދަ ހިފިފައެއް ނުވެއެވެ. ކުއްޖާގެ މައިންބަފައިން އެއާދަ ކުއްޖާގެ ކިބައިގައި އަށަގަންނުވައިދީފައެއް ވެސް ނުވެއެވެ. އެހެންކަމަށްވާނަމަ ކުއްޖާއަށް ނުކުރެވި ހުރި ނަމާދުތަކާމެދު ކުއްޖާ އާ ﷲ ސުވާލުކުރައްވަވާނެތަ؟" 

ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ: 

"ބާލިޣްވެފައިވާނަމަ އެވަނީ ތަކްލީފް ޖެހިފައެވެ. ވީމާ ނުކޮށްހުރި ނަމާދުތަކާއިމެދު ސުވާލުކުރައްވަވާނެއެވެ." 

ވަރަށް މަދު ކިޔުންތެރިއަކު ނޫނީ ދެއްވާފައިވަނީ ރަނގަޅު ޖަވާބެވެ! އެހެންކަމުން ދެން އުފެދޭ ސުވާލަކީ މަރުވާނީ ކޮން އުމުރެއްގައިކަން ނުއެނގޭއިރު ބާލިޣްވުމުން މަޖުބޫރުކުރުވައިގެން ނަމަވެސް ނަމާދު ނުކުރުވަނީ ކީއްވެގެންތޯ؟ އެވެ. 

ދަރިންނަށްޓަކައި ކޮށްދޭންޖެހޭ، އަދި ކޮށްދެވޭނެވެސް އެންމެ ބޮޑު ހެޔޮކަމަކީ އެކުދިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ޤާނޫނުގައި ކުޑަކުއްޖާގެ އުމުރު 18 އަހަރު ނުވަތަ 30 އަހަރު ކަމަށް ކަނޑައެޅިނަމަވެސް ﷲ ތަޢާލާ ޙިސާބު ބައްލަވާނީ އެކަލާނގެ ކަނޑައަޅުއްވަވައި އަންގަވާފައިވާ ގޮތަށެވެ. ބާލިޣްވުމުން ނުކޮށް ހުރި ނަމާދުތަކާއިމެދު ސުވާލުކުރައްވަވާނެއެވެ!

 

މިއަދު އޮންލައިން