ކޮފީއަށް ސަތޭކަ ރުފިޔާ ހޭދަކުރުމުގެ ބަދަލުގަ 2 މީހުންނަށް ރޯދަވީއްލުންދީ އިތުރަށް 2 ރޯދައިގެ ޘަވާބު ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ކޮފީއަށް ސަތޭކަ ރުފިޔާ ހޭދަކުރުމުގެ ބަދަލުގަ 2 މީހުންނަށް ރޯދަވީއްލުންދީ އިތުރަށް 2 ރޯދައިގެ ޘަވާބު ލިބިގަންނާށެވެ!

ރަމަޟާން މަހުވެސް ކޮފީބޯ މީހުން ބައިހަދާފައި އެކަން ކުރެއެވެ. 2 މީހަކު ކޮފީއަކަށް އަރައިފިނަމަ ބިލަށް ސަތޭކަވަރަކަށް ރުފިޔާ އަރައެވެ. އެއީ 2 މީހަކަށް ކިތަންމެ ރަނގަޅަށްވެސް ރޯދަވީއްލުން ދެވިދާނެ ޢަދަދެކެވެ. 

"އަދިހަމަ އެހެންމެ މިރަމަޟާންމަހުގާ ރޯދަވެރިން ރޯދަވީއްލުމަށްޓަކައި ކޮންމެވެސް އެއްޗެއް ދިއްކޮށްލުން އެއީ ހަމަ އަޅުގަނޑުމެން ކުރުން ވަރަށް މުހިންމު ކަމެއް އާދެ! ރޯދަވެރިޔަކު ރޯދަވީއްލާނެ އެއްޗެއް ދީފިކަމަށް ވަނީނަމަ އެރޯދަވެރިޔާގެ ދަރުމަޔާއި ޘަވާބުން އެއްވެސް މިންވަރެއް އުނިނުވެ އެރޯދަވީއްލާނެ އެއްޗެއް ދިން މީހާޔަށްވެސް އެކަމުގެ ދަރުމަ އެރޯދަވެރިޔާގެ ދަރުމަޔާއި ޘަވާބު ލިބޭނެކަންވެސް ރަސޫލު ﷲ ވަނީ އަންގަވާދެއްވާފަ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން