ސުރުޚީގައިވަނީ ވަރަށް މުހިންމު ސުވާލެކެވެ. އަދިވެސް އޭނާ ބުނެފައިވެއެވެ. "އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ލޯބިވެރިއަކީ ފެންނަ ފެނުމުގައި އަޚްލާޤް ރަނގަޅު މީހެކެވެ.
މިސުވާލަށް ޖަވާބު ދެއްވަމުން ޢިލްމުވެރިޔާ ވިދާޅުވެފައިވަނީ މިފަދައިންނެވެ.
ފުރަތަމަ ކަމަކީ ކައިވެނިކުރުމަށްފަހު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމާއި ދިރިއުޅޭނެ ތަނެއް ދެއްކުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމެކެވެ. އެކަންކަން ކުރަން ނުކުޅެދޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ދެވަނަކަމަކީ ވަޒީފާއެއް ނެތުމެވެ. ވަޒީފާއެއް ނެތް ނަމަވެސް ކުރެވިދާނެ މަސައްކަތްހުންނާނެއެވެ. ވީމާ އެމީހަކީ އާމްދަނީ ހޯދަން މަސައްކަތްކުރާ މީހަކަށްވާންޖެހޭނެއެވެ. ލިބޭ އާމްދަނީ މަދުވުމަކީ މައްސަލައެއް ނޫނެވެ. މައްސލައަކީ އެއްވެސް މަސައްކަތެއް ނުކުރުމެވެ.
ތިންވަކަމަކީ ލޯބިވެގެން އުޅޭއިރު އެމިހާގެ ކިބައިގައި ހުންނަ އުނިސިފަތައް ނުފެންނާނެ ކަމެވެ. ލޯބްބަކީ ކަނުއެއްޗެއްކަމަށް ބުނަނީ އެހެންވެގެންނެވެ. މިހާރު ވަރަށް ގިނަ ކަންކަން ކައިވެނިކުރުމަށްފަހު ފާހަގަކުރެވެން ފަށާނެއެވެ.
ހަތަރުވަނަކަމަކީ ކައިވެނި ރޫޅިއްޖެނަމަ އެނބުރިދާންޖެހޭނީ މައިންބަފައިންގެ ގާތަށެވެ. ވީމާ މައިންބަފައިންގެ ރުހުމާއި ނުލައި ކައިވެނިކުރުމަކީ ފަހުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. ވީމާ މައިންބަފައިންނާއި އަލުން ކުރިމަތި ނުލެވޭނެ ގޮތަކަށް ކައިވެނިކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. އެންމެ ބޮޑު މައްސަލައަކަށްވަނީ މައިންބަފައިންނާއި ދެކޮޅަށް ކުރާ ކައިވެނި ރޫޅިގެން އެނބުރި ދާންޖެހިއްޖެ ނަމަ ބަލައިގަންނަން ގިނަ މައިންބަފައިން ދެކޮޅުހަދާކަމެވެ.
މިއީ ވަރަށް މުހިންމު މައްސަލައަކަށްވާތީ ކިޔުންތެރިންގެ ޚިޔާލު ކޮމެންޓްކޮށްލައްވައިދެއްވުން އެދެމެވެ. މިފަދަ މައްސަލައެއްގައި އެއްވެސް ތަޖުރިބާއެއް ކުރެއްވިފައިވާނަމަ އެކަންވެސް ޙިއްޞާކޮށްލަ ދެއްވުން އެދމެވެ.