މިރަމަޟާންމަހު އަޅުގަނޑުމެން ވަކިން ޚާއްޞަކޮށް ސަމާލުކަމެއްދޭންވީ އަނެއްކަމަކީ ތަރާވީޙް ނަމާދު ޖަމާޢަތުގާ އަދާކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމެވެ!
އާދެ! ތަރާވީޙް ނަމާދު އިމާމު ނިމެންދެން އެނަމާދުގާ ބައިވެރިވެއްޖެ ކަމަށްވަނީނަމަ މުޅިރޭ އެއްކޮށް އަޅުކަންކުރި ކަމުގެ ދަރުމައާއި ޘަވާބު މާތްﷲ އެމީހަކަށް ދެއްވާނެ، އަދި ރަމަޟާންމަހުގެ ރޭތައް ފުރިހަމަ ގޮތުގާ އިޙްޔާ ކޮށްފިކަމަށް ވަނީނަމަ އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއްވެސް މާތްﷲ ފުއްސަވާ ދެއްވާނެކަމަށްވެސް ވަނީ އަންގަވާފަ،
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް