ރަމަޟާން މަހުގެ ކުރިއަށް އޮތް ކޮންމެ ދުވަހަކުވެސް މިއަދުނޫހުން ކިޔުންތެރިންނަށް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. އިން ޝާ ﷲ
ކިޔުންތެރިންނަށް އޮތީ ސުވާލަށް ޖަވާބު ދެއްވުމެވެ. ޖަވާބު ނުބައިވެދާނީވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެނގިލައްވާ ގޮތަކަށް ޖަވާބުދެއްވާށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރިއުޅުން އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރުމުގެ ޝައުޤުވެރިކަން ކިޔުންތެރިންގެ ހިތްތަކުގައި އުފައްދުވަން މަސައްކަތްކުރުމެވެ.
މިއަދު (14 ރަމަޟާން) ގެ ސުވާލު:
"ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ފެންނަން އެންމެ ބޮޑަށް ނޭދޭނެ ސިފައަކީ ކޮބާ؟"
އިނާމު ހޯއްދަވަން ޖަވާބު ދެއްވުމުގެ ފުރުޞަތު ސުވާލު ޝާއިޢުކުރާ ވަގުތުން ފެށިގެން 24 ގަޑިއިރަށް!