ގާތުން ކިރުދިނުމަކީ ރޯދަ ނުހިފައި ދޫކުރަންޖެހޭ ޢުޒުރެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ގާތުން ކިރުދިނުމަކީ ރޯދަ ނުހިފައި ދޫކުރަންޖެހޭ ޢުޒުރެއްތަ؟

ގާތުން ކިރުދޭ މައިންނަށް ފަހުން ޤަޟާކުރާ ގޮތަށް ރޯދަ ދޫކޮށްލުން ވަނީ އެކަނބަލުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. (އެއީ ޖާއިޒު ކަމެކެވެ. ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.) 

ގާތުން ކިރުދިނުމުން އެއްވެސް ތަކްލީފެއް ކުރިމަތިނުވާނަމަ، ރޯދައަށް ހުރިނަމަވެސް ކިރުއެރޭނަމަ، ރޯދަތައް ނުހިފައި ދޫކޮށްލާކަށް ނެތެވެ. އެކަމުގައި އޮތީ އެމީހާގެ ކިބައިގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން ހުރި މިންވަރެކެވެ. 

ބަލިވެ އުޅެންޖެހުން، ދަތުރެއްގެ މަތީގައި އުލެންޖެހުން ފަދަ ތަކްލީފެއްގައިވާ މީހުންނަށް ރޯދަ ނުހިފައި ދޫކޮށްލުން ހުއްދައެވެ. އިސްލާމް ދީނުގައި އެއްވެސް މީހަކަށް ނުއުފުލެވޭވަރުގެ ތަކްލީފެއް އުފުލާކަށް ނުޖައްސަވައެވެ. 

ތިމާގެ ޙާލަތު މީސްތަކުންގެ ކުރިމަތީގައި އޮޅުވާލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ ތެދުވެރިވެ އިޚްލާޞްތެރިވުމެވެ.

 

- ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދުގެ ބަސްފުޅަކުން

މިއަދު އޮންލައިން