ހާރު ކެއުން ލަސްކުރާށެވެ!
ޒައިދު ބިން ޘާބިތް رضي الله عنه ގެ އަރިހުން ސުވާލު ދެންނެވުނެވެ. ފަތިސް ނަމާދުގެ ވަޤުތާ ނަބިއްޔާ ﷺ ގެ ސުޙޫރާ ދެމެދުގައި ކިހާ ވަޤުތެއް ހޭދަވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ؛ "މީހަކު 50 އާޔަތް ކިޔަވާނެހާ ވަޤުތެވެ." [صحيح البخاري]
ޝެއިޚް ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ ؛ އަހުރެން އެފަދައިން 50 އާޔަތް ކިޔެވީމުއެވެ. އެއީ ގާތްގަނޑަކަށް 6 މިނެޓެވެ.
[تنبيه الأفهام شرح عمدة الأحكام ص 419]