ހެޔޮބަހެއް ނަމަވެސް ބުނަންވާނީ އަނެކާއަށް އެކަމުން ހިތްހަމަޖެހުން ލިބޭނެ ގޮތަށް!: ޑރ. ޝިހާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ހެޔޮބަހެއް ނަމަވެސް ބުނަންވާނީ އަނެކާއަށް އެކަމުން ހިތްހަމަޖެހުން ލިބޭނެ ގޮތަށް!: ޑރ. ޝިހާމް

މުސްލިމުންނަށް އޮތީ އަބަދު ހަނުހުރުމެއް ނޫނެވެ. ހެޔޮބަސް ބުނަން ޖެހެއެވެ. އަނެކާއަށް ފައިދާކުރާނެ ބަސްތައް ބުނަން ޖެހެއެވެ. ނަމަވެސް އެބަސް ބުނަންވާނީ އަޑުއަހާ މީހާއަށް ހިތްހަމަޖެހުން ލިބި އެކަމުން އެމީހަކަށް ފައިދާކުރާނެ ގޮތަށެވެ.

ހެޔޮބަސް ބުނަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ވީމާ ކޮންމެ މީހަކުވެސް ވީހާ ގިނައިން ހެޔޮ ބަސްބުނަން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެބަސް ބުނަންވާނީ މި ބަޔާންކުރި ކަމަށް ވިސްނައިގެންނެވެ.  

ހެޔޮބަސްބުނުމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ! ހެޔޮބަސް ބުނަން އަމުރުފުޅު ކުރައްވަވާފައި އެއިގެ ފަހަތުން ނަމާދުކުރުމާއި ޒަކާތްދިނުމަށްވެސް އަމުރުފުޅުކުރައްވަވާފައިވެއެވެ. ވީމާ ހެޔޮބަސް ބުނުމަށް އެވަނީ ދީނުގެ ފަރުޟުތައް އަދާކުރުމާއި އެކުއެކުގައި ވަޙީކުރައްވަވާފައެވެ.  

އެހެންކަމާއިއެކުގައިވެސް ބައެއް މީހުންނަށް ވިސްނާނުލައި ބަސްތައް އެބަ ބުނެލައެވެ. އެމީހުން ބުނަނީ އެމީހުން އެބުނަނީ ހެޔޮބަސް ކަމަށެވެ. އެކަމަކަށް އަހަރެން ދެކޮޅެއް ނުހަދަމެވެ. އެބުނަނީ ހެޔޮ ބަސް ކަމުގައިވެދާނެއެވެ. ނަމަވެސް މައްސަލައަކަށްވަނީ ބަސްބުނެ އުޅޭ ގޮތެވެ.  

ވީމާ ހެޔޮބަސް ބުނުމުގައި މިބުނި ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ. 

- ޑރ. ޢަބްދުﷲ ޝިހާމްގެ ދަރުސަކުން

މިއަދު އޮންލައިން