ނުކިޔަވާނަމަ ފޯނަށް ޤްރްއާން އަޅައިގެން އުޅުމަކީ ދެއްކުންތެރިކަމެއް! ދެއްކުންތެރިކަމަކީ ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނުކިޔަވާނަމަ ފޯނަށް ޤްރްއާން އަޅައިގެން އުޅުމަކީ ދެއްކުންތެރިކަމެއް! ދެއްކުންތެރިކަމަކީ ފާފައެއް!: މުފްތީ މެންކް

މުސްލިމުންގެ ތެރެއިން ސްމާޓް ފޯން ގެންގުޅޭ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ފޯނުގައި ޤްރުއާން ގެންގުޅެ، އެމީހުން ދާހައި ތަނަކަށް ޤްރުއާން ގެންދެއެވެ. ނަމަވެސް ފޯނުގައިވާ ކީރިތި ޤްރްއާނުން އަކުރެއް ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ ވީއިރު އެއީ ދެއްކެން ކުރާ ކަމެއްހެއްޔެވެ؟ ދެއްކުންތެރި ކޮންމެ ޢަމަލަކީ ފާފައެކެވެ.

"ފޯނަށް ޤްރްއާން އެޕްލިކޭޝަން އެޅުމަކީވެސް ހެޔޮ އަމަލެއް. ނަމަވެސް އެ އަމަލު ހެޔޮ އަމަލަކަށްވާނީ އެއިގެ ބޭނުން ހިފީމަ. ފޯނުން ކީރިތި ޤްރްއާން ނުކިޔަވާނަމަ އެޕްލިކޭޝަނެއް ބެއިންދުމުގެ ބޭނުމަކީ ކޮބާ؟"

ރަމަޟާން މަސް އައުމުންވެސް ބައެއް މީހުން ކީރިތި ޤްރުއާން ކިޔަވަން ބޭނުންވަނީ ކޮންމެވެސް ޗުއްޓީ ދުވަހެއްގައެވެ. ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. "މިސާލަކށް އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް. ކާކަށް އެނގެނީ އެދުވަހު ކުރިމަތިވާނެ ކަންތައްތައް؟ އެދުވަހަކީ ތިމާއަށް ޗުއްޓީ ދުވަހަކަށް ވާނެކަން؟ އެދުވަހު ބޮޑު ކަމެއް ޖެހިގެން ވަގުތުތައް ހޭދަކުރަންޖެހޭނީ ކޮންކަމަކަށްކަން އެނގެނީ ކާކަށްތަ؟"

ކީރިތި ޤްރްއާން ކިޔެވުންފަދަ ކަންކަން މާދަމައަށް ނުބާއްވައި ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ކިޔަވާށެވެ. ޚާއްޞަކޮށް ރަމަޟާންމަހު ކީރިތި ޤްރްއާން ވީހައި ގިނައިން ކިޔެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ.

"ރަމަޟާން މަހު ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަމުއެވެ. ރަމަޟާން މަސް ނިމުމުން އެކަން ނިންމައި ޗެޕްޓަރު ބަންދުކުރަނީއެވެ. މިއީ މުސްލިމުންގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫނެވެ. މުސްލިމުން ވާންޖެހޭނީ އަބަދުވެސް ނަމާދުކުރާ ތަޤްވާވެރި ބައަކަށެވެ. މާތް ﷲ އެންގެވި ގޮތުގައި އަބަދުވެސް އުޅޭ ބައަކަށެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން