ޖަމާޢަތުގެ ނަމާދުގާ ދެތަނބު ދޭތެރޭ ސަފު ހެދުމާބެހޭ ގޮތުން އެއްވެސް ޙަދީޘެއް ވޭތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޖަމާޢަތުގެ ނަމާދުގާ ދެތަނބު ދޭތެރޭ ސަފު ހެދުމާބެހޭ ގޮތުން އެއްވެސް ޙަދީޘެއް ވޭތޯ؟

ސުވާލު:. ޖަމާޢަތުގާ ނަމާދުގާ ދެތަނބު ދޭތެރޭ ސަފު ހެދުމާބެހޭ ގޮތުން އެއްވެސް ޙަދީޘެއް ވޭތޯ؟

ޖ. ރަސޫލު ﷲ ޙަދީޘް ކުރައްވާފަވޭ ދެތަނބު ދޭތެރޭގަ ސަފު ނެހެދުމަށް ރަސޫލު ﷲ  އެކަލޭގެފާނުގެ އުއްމަތަށް އިރުޝާދު ދެއްވާފަވޭ. އެހެންވެގެން ޢިލްމުވެރިން ވިދާޅުވަނީ ކޮންމެ ހެން މަޖްބޫރު ވެއްޖެ ޙާލަތެއް ނޫންކަމަށް ވަނީނަމަ ދެތަނބު ދޭތެރޭގާ ސަފު ނަހަދާށޭ. 

މިސާލަކަށް ހުކުރުދުވަސް ފަދަ ބައިވަރު މީހުން މިސްކިތަށް އަރާ ދުވަހެއްގަ ދެތަނބު ދޭތެރޭގާ އެހުންނަ ސަފު ތައްވެސް ދޫކޮށްނުލާ ފުރާނުލައިފިކަމަށް ވަނީނަމަ މިސްކިތަށް ނަމާދަށް އަރާމީހުނަށް އުދަގޫވެދާފަދަ ޙާލަތެއް އަތުވެއްޖެ ކަމަށްވަނީނަމަ އެފަދަ ޙާލަތްތަކުގާ މައްސަލައެއްނެތް ދެތަނބު ދޭތެރޭގާ ހުންނަ ސަފުތައްހެދުން، އެހެންނަމަވެސް މިސްކިތުގާ ޖާގައޮވެފާ އަދި އިތުރަށް މީހުން އަރާނެތަން އޮތް ޙާލަތެއްގައި ރަގަޅުގޮތަކީ ދެތަނބު ދޭތެރޭގާ ހުރި ސަފުތައް ދޫކޮށްލާފާ އެހެން ސަފުތަކުގާ ނަމާދު ކުރުން. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން