ސުވާލު:. ފާހާނާ ތެރޭގައި ގޮނޑި ބަހައްޓައިގެން ފޯނުން ދީނީ ވީޑިއޯ ބަލާހެދުމަކި ކޮންކަހަލަ ކަމެއްތޯ؟
ޖ. ފާހާނާއަށް ވަދެފާ ފާހާނާ އަކީ އެއީ ހަޤީޤަތުގާ ފޯނު އެއްޗެހި ހިފައިގެން ނުވަތަ މީހުން ވީޑިއޯ ބެލުމަށްޓަކައި ވަންނަ ތަނެއް ނޫން. ފާހާނާ އަށް މިވަންނަނީ ހަޤީޤަތުގާ ޤަޟާޙާޖާ ކުރުމަށް ޓަކައި. އެހެންވީމާ، ޤަޟާޙާޖާކޮށް ނިމުނީމާ އަވަހަށް ފާހާނާއިން ނިކުންނަން ވާނެ. ނިކުމެފަ ދެން އަޅުގަނޑުމެން ކޮޓަރި ތެރޭގާ ނުވަތަ އެހެން ތަނެއްގާ ތިބޭ ގަޑިއެއްގާ ވީޑިއޯ ބެލި ކަމުގައި ވީނަމަވެސް އަދި އެހެން ކަމެއް ކުރި ކަމުގައިވީ ނަމަވެސް މައްސަލައެއްނޫން.
ދެން ޚާއްޞަ ގޮތެއްގާ ފާހާނާގައި ހުންނަވާ އިރުގާ ފޯނު ހުޅުވާފާ ބެހެއްޓުން އެއީ އެއްގޮތަކަށް ވެސް ރައްކާތެރި ގޮތެއްނޫން ސަބަބަކީ މިޒަމާނުގެ ކަންތައްތައް ހުންނަގޮތުން ފޯނު ހުޅުވާފަ ހުރެއްޖެ ކަމަށްވަނީ ނަމަ ފޯނު ހެކްކުރާ މީހުންނަށް ހަމަ ފުރްޞަތު އޮވޭ ފޯނުގެ ކެމެރާ ޖައްސައިގެން އެމީހާގެ ހަށިގަނޑުގެ ތަންތަން ބެލުންވެސް.
އެހެންވީމާ ފާހާނާގައި ހުންނަވާ ގަޑި އެގަޑިއަކީ އެއީ ބައެއްފަހަރަށް ހަމަ ވެދާނެ މީހާ ހެދުން ބާލައިގެން ހުންނަ ވަގުތަކަށްވެސް އެހެންވީމާ އެފަދަ ވަގުތުތަކުގާ ފޯނު އޮންކޮށްގެން ފޯނުން ވީޑިއޯ ބަލަން ފޯނު ހުޅުވައިގެން ހުންނަކަމަށްވަނީ ނަމަ އެފަދަ ނުރައްކާތެރި ޙާލަތަކަށް ދިއުމަކީ އެއީ ހަމަ އެކަށީގެންވާ ކަމެއް އެހެންވީމާ އެގޮތުން ބަލާއިރުގަވެސް ފާހާނާގައި ހުންނަގަޑީގައި ފޯނު ބޭނުންކުރުން އެއީކީ ރައްކާތެރި ގޮތަކަށް ނުވާނެ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް