ރަމަޟާންމަހު ކުޑަކުދިންނަށްވެސް ހިތްވަރުދީ ދުޢާކުރުވުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރަމަޟާންމަހު ކުޑަކުދިންނަށްވެސް ހިތްވަރުދީ ދުޢާކުރުވުން ގިނަކުރާށެވެ!

ރަމަޟާންމަހު ދުޢާ ކުރުން ގިނަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެނީ ރޯދަވެރިޔާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. ޚާއްޞަކޮށް ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ.

ރޯދަ ހިފައިގެން ތިބޭ ކުޑަކުދިންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ކުޑަކުދިންވެސް ކަންކަމަށް ބޭނުންވާނެއެވެ. އެދޭ ބައިވަރު ކަންކަން ހުންނާނެއެވެ. އެކަންކަން ހިންމަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. މޮޅަށް ކިޔެވޭ ރަނގަޅު ނަތީޖާ ހޯދޭ މޮޅު ކުއްޖަކަށް ވުމަށް އެދިވެސް ދުޢާކުރަންވާނެއެވެ. މައިން ބަފައިންނަށްޓަކައިވެސް ދުޢާކުރަންވާނެއެވެ.

ހަމައެފަދައިން މައިން ބަފައިން ދަރިންނަށްޓަކައިވެސް ހެޔޮ ދުޢާކުރުން ގިނަކުރަންވާނެއެވެ. މައިންބަފައިން މަރުވެފައިވާނަމަ އެމީހުންނަށްޓަކައިވެސް ދުޢާކުރަންވާނެއެވެ. ދަރިންނަށްޓަކައި ބައްޕައިން ދުއާ ކުރުމަކީވެސް ވަރަށް މަތިވެރިކަމެކެވެ.

- ޝައިޚް މުޙައްމަދު މަންޞޫރު ޝައިޚް މުޙައްމަދު މަންޞޫރު މިމޭރުމުން ވިދާޅުވެފައިވާއިރު ގިނަ ބެލެނިވެރިން އިރުއޮއްސެން ކައިރިވުމުން ދަރިން ގޮވައިގެން ދަނީ ފިނިބުރުޖަހާށެވެ. އެނބުރި ގެއަށް ވަންނަނީ ބަންގިއަށެވެ. ގޭގައި ކުދިން ތިބި ނަމަވެސް އެކުދިން ލައްވައި ދުޢާކުރުވަނީ ވަރަށް މަދު ބެލެނިވެރިއެކެވެ. އަދި ރޯދަވީއްލާ ވަގުތު އަމިއްލައަށް ދުޢާކުރަނީވެސް ވަރަށް މަދު ބެލެނިވެރިންނެވެ. ޒަމާނުންސުރެ ދިވެހިންގެ މެދުގައި އޮންނަ މިޢާދަ ބަދަލުކުރަން އެބަޖެހެއެވެ. ރޯދަ ވީއްލާވަގުތު ޖެހުމުގެ ކުރިން ދުޢާކޮށް އެމަތިވެރި ވަގުތު ފައިދާ ލިބިގަންނަން އެބަޖެހެއެވެ. ޢާއިލާ އެކުގައި ތިބެގެން ދުޢާކުރުމުގެ މަތިވެރިކަމާއި ފައިދާ ލިބިގަންނަން އެބަޖެހެއެވެ.

މިއަދު އޮންލައިން