ކޮންމެ އަޅުކަމަކީވެސް އަޅުކަމެވެ. އެއިގެތެރެއިންވެސް ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކުރާ ހިތްވާ ކަންކަންވެސް ހުންނާނެއެވެ. ގިނައިން ކުރެވެ އަޅުކަންވެސް ހުންނާނެއެވެ. ވީމާ އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. މިކަން ފާހަގަކޮށްލީ މިއަދުގެ ސުވާލުގެ ގޮތުންނެވެ.
"އެންމެ ބޮޑަށް ކުރާހިތްވާ އަޅުކަމަކީ ކޮބާ؟"
ރަމަޟާން މަހުގެ ކުރިއަށް އޮތް ކޮންމެ ދުވަހަކުވެސް މިއަދުނޫހުން ކިޔުންތެރިންނަށް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. އިން ޝާ ﷲ
ކިޔުންތެރިންނަށް އޮތީ ސުވާލަށް ޖަވާބު ދެއްވުމެވެ. ޖަވާބު ނުބައިވެދާނީވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެނގިލައްވާ ގޮތަކަށް ޖަވާބުދެއްވާށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރިއުޅުން އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރުމުގެ ޝައުޤުވެރިކަން ކިޔުންތެރިންގެ ހިތްތަކުގައި އުފައްދުވަން މަސައްކަތްކުރުމެވެ.
މިއަދު (16 ރަމަޟާން) ގެ ސުވާލު:
"އެންމެ ބޮޑަށް ކުރާހިތްވާ އަޅުކަމަކީ ކޮބާ؟"
އިނާމު ހޯއްދަވަން ޖަވާބު ދެއްވުމުގެ ފުރުޞަތު ސުވާލު ޝާއިޢުކުރާ ވަގުތުން ފެށިގެން 24 ގަޑިއިރަށް!