އަޑުމަޚުރަޖް ނެތަސް، ތަޖްވީދުމަގުން ކިޔަވަން ނޭނގުނަސް އޮތީ ރަމަޟާންމަހު ޤުރްއާން ކިޔެވުން ގިނަކުރުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
އަޑުމަޚުރަޖް ނެތަސް، ތަޖްވީދުމަގުން ކިޔަވަން ނޭނގުނަސް އޮތީ ރަމަޟާންމަހު ޤުރްއާން ކިޔެވުން ގިނަކުރުން: ޑރ. އިޔާޟް

ސުވާލު:. ރޯދަމަހުގާ ޚާއްޞަކޮށް އެހެން މަސްމަހަށްވުރެން ގިނައިން ހަމަ އަޅުގަނޑުމެން އެންމެންވެސް ހަމަ ޤުރްއާން ކިޔަވާނެ ދެއްތޯ ދެން މިހެން ޤުރްއާން ކިޔަވާއިރު ތިބޭނެ ދެއްތޯ މަޚްރަޖްތައް އެއްވެސް ވަރަކަށް އަދާކުރަން ނޭނގޭ މީހުންވެސް ހަމަ ކިޔަވާނެ އެހެންވީމާ އަޅުގަނޑު ގެ ސުވާލަކީ ޤުރްއާން އެގޮތަށް ކިޔެވުމާ މަޚްރަޖަށް އަކުރުތައް ކިޔެވުމާ ނޫނީ އެދެން ހަމަ ޤުރްއާން ކިޔަވާލުމާ މީގެން ޘަވާބު ލިބުމުގައި އުނިކަމެއް ނޫނީ އިތުރުކަމެއް ވާނެތޯ؟ 

ޖަވާބު:. ރަސޫލު ﷲ ޙަދީޘް ކުރައްވާފަވޭ ވަރަށް ކުޅަދާނަ ކަމާއެކީގާ ޤުރްއާން ކިޔަވާމީހާ އޭނަ ވަނީ މާތްވެގެންވާ މަލާއިކަތް ބޭކަލުންނާ އެކީގަ، އޭގެމާނައަކީ ފަރިތަކަމާ އެކީގާ ޤުރްއާން ކިޔަވާމީހާ އޭނާގެ ދަރަޖައަކީ އެއީއޭ. 

އެހެންނަމަވެސް ކޮށަކޮށައިގެން ޤުރްއާން ކިޔަވާމީހާ ކޮށަކޮށައިގެން ވިޔަސް އޭނަގެ ނުފަރިތަކަމާ އެކުގަވެސް އޭނަޔަށް ކިޔަވަން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އެޤުރްއާން އެއީ ކިޔަވަންޖެހޭ އެއްޗަކަށް ވާތީ އެޤުރްއާން ކިޔަވަން އޭނަ މަސައްކަތްކުރާތީ އެކަމަށްޓަކައި އޭނަޔަށް ލިބޭ ދެދަރުމައެއް އެއީ ޤުރްއާން ކިޔަވަން މަސައްކަތް ކުރި ކަމުގެ ދަރުމައާއި އަދި ޤުރްއާން ކިޔެވީތީ އޭނަޔަށް ލިބޭ ދަރުމައާއި ޘަވާބު. 

އެހެންވީމާ އަދި އަޅުގަނޑުމެންނަށް ތަޖްވީދުގެ ހަމަތަކަށް ކިޔަވަން ނޭނގުނުކަމުގައިވީނަމަވެސް އޭގެ މާނައަކީ އަޅުގަނޑުމެން ޤުރްއާން ނުކިޔަވާ ދޫކޮށްލައިގެން ހުރުމެއްނޫން. އަޅުގަނޑުމެންނަށް އެނގޭ މިންވަރަކުން އަޅުގަނޑުމެން ޖެހޭނެ  އެކަމަށް މަސައްކަތްކުރަން އަޅުގަނޑުމެން ތަޖްވީދު ދަސްކުރަން ވެސް މަސައްކަތްވެސް ކުރަންވާނެ އަދި އެނގޭމީހުން ނޭނގޭ މީހުނަށް އުގަންނައިދޭންވެސް މަސައްކަތް ކުރަންވާނެ،

ސަބަބަކީ ޚާއްޞަގޮތެއްގައި މީ ރަމަޟާންމަސް ރަމަޟާންމަސްވީމާ އަޅުގަނޑުމެންނަށް ފަހަރެއްގާ ކުއްލިއަކަށް ތަޖްވީދު ދަސް ކުރަން އެކަހަލަ ކަންތައްތަކަށް އުޅެން އުދަގޫވެދާނެ އެހެންނަމަވެސް ރަމަޟާންމަސް ނިމުނީމަ އަޅުގަނޑުމެންނަށް ގަދައަޅާ މަސައްކަތް ކުރެވިދާނެ. 

ދެން އަނެއްކަމަކީ الله سبحانه وتعالى ދެނެވޮޑިގެންވޭ އޭނަ އެބަ މަސައްކަތްތަކެއް ކުރާކަން  ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން މަސައްކަތްކުރާކަން އެހެންނަމަވެސް އޭނަޔަށް މިވަޤުތު އޭނަގެ ޙާލަތު ހުރިގޮތުން އޭނަޔަށް އެގޮތަށް ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް އެންމެ ފުރިހަމަގޮތުގާ  ނުކިޔެވެނީކަން. އެހެންނަމަވެސް އެޔާއެކުގައިވެސް އޭނަގެ ފެންވަރު ހުރިމިންވަރަކުން އޭނަ ޤުރްއާންކިޔަވަން އެބަމަސައްކަތް ކުރާކަން އެހެންވީމާ އޭނައެކުރާ މަސައްކަތަށްޓަކައި الله سبحانه وتعالى  އޭނަޔަށް ދަރުމަޔާއި ޘަވާބު ދެއްވާނެ އެއްވެސް ޙާލެއްގައި އޭނަ އެކުރާ މަސައްކަތް އެއީ ގެއްލެނި ވެގެންދާނެ މަސައްކަތެއްނޫން. 

އަޅުގަނޑުމެން ކުރާ ކިތަންމެ ކުޑަ ހެޔޮޢަމަލެއް ކަމުގައިވީނަމަވެސް އެއީކީ އަޅުގަނޑުމެނަށް ގެއްލެނިވެގެން ދާނެ އެއްޗެއްނޫން އެކަން ބަޔާންކުރައްވާ ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަނީ " وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ "  ޛައްރެއްގެ މިންވަރަށް، މާނަޔަކީ : ކިތަންމެ ކުޑަކުޑަ ހެޔޮކަމެއް ވިޔަސް އެކަމެއް ކޮށްފައިވާކަމަށްވަނީނަމަ އެމީހަކަށް އެކަމުގެ ހެޔޮކަން  الله سُبْحَانَهُ وَتَعَالى ދައްކަވާނެ އެހެންވީމާ އެއްގޮތަކަށްވެސް މާޔޫސްވެވަޑައިގަންނަވާނެ ކަމެއްނެތް ތިމަންނާޔަށް ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔަވަން ނޭނގެނީއޭ ކިޔާ އެގޮތަށް މާޔޫސްވެވަޑައި ނުގަތް ހަމަ ހިތްވަރު ކުރައްވާފަ އެހުރި ފެންވަރަކުން ކިޔަވަން މަސައްކަތް ކުރައްވާ، އަދި ރަމަޟާންމަސް ނިމުނީމަ ނުވަތަ ރަމަޟާން މަހުގެ ތެރޭގާނަމަވެސް ވީވަރަކުން ތަޖްވީދުވެސް ދަސްކުރެވޭތޯ މަސައްކަތް ކުރަންވާނެ. ދަސްވަންދެންވެސް އެހުރި ފެންވަރަކުން ޤުރްއާން ކިޔަވަން މަސައްކަތްކުރަންވާނެ. إِنْشَاء الله. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން