ސުބްޙާނަﷲ! ޤުރްއާން މިކިޔެވެނީ ހާދަ ނުބައިކޮންނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ސުބްޙާނަﷲ! ޤުރްއާން މިކިޔެވެނީ ހާދަ ނުބައިކޮންނޭ!

ކީރިތި ޤުރްއާން ހަމަ އެންމެންވެސް ކިޔަވަމުއެވެ. ސުވާލަކީ ކިޔެވެނީ ކިހިނަކުން ހެއްޔެވެ؟ 

ޢަޞްރު ނަމާދަށްފަހު އިސްލާމިކް ޔުނިވަރސިޓީން ބައެއް މިސްކިތްތަކުގައި ކުރިއަށް ގެންދާ ތަޖްވީދުކަލާހުގައި އެންމެ ދުވަހަކު ނަމަވެސް ބައިވެރިވެލައްވާށެވެ. ކިޔެވޭގޮތް ވަޒަންކޮށްލާށެވެ! އިޞްލާޙްކުރަންޖެހޭ އެތައް ކަމެއް ފާހަގަކުރެވޭނެއެވެ. 

މާފަންނު ވިޔަފާރިވެރިންގެ މިސްކިތުގައި ކްލާސްކުރިއަށް ގެންދަވަނީ އަލްޤާރީ ތައުފީޤް (ޔުނިވަރސިޓީ ތައުފީޤް) އެވެ. އެކްލާހުގައި ބައިވެރިވާ މީހަކު ބުނެފައިވެއެވެ. 

"ޤާރީ އާއިއެކުގައި 2،3 އާޔަތް ނަމަވެސް ކިޔަވަން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަމެވެ. ޤާރީ އާއިއެކުގައި ކިޔަވައިލުމުން އެނގެނީ މިކިޔެވެނީ "ރޯނުބައިކޮށް" ކަމެވެ. އިޞްލާޙްކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމެވެ. ޤާރީ މުޚާޠަބްކުރައްވަނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. ވަރަށް ރަނގަޅަށް ބުނެދެއްވައެވެ." 

އެނގޭ ގޮތަކަށް ކިޔަވަންވީއެވެ. އެކަމަށް ޘަވާބު ދެއްވަވާނެތެވެ. މަލާއިކަތުންނާއި އެއްދަރަޖައަށް އުފުލެން ބޭނުން މީހާއަށް އޮތީ ޤުރްއާން އުނގެނި ތަޖްވީދުމަގުން ރިވެތިކޮށް ކިޔަވަން އެނގުމެވެ.

މިއަދު އޮންލައިން