ވިހެއުމަށްފަހު 40 ދުވަސްވުމުންވެސް ބައެއް އަންހެނުންނަށް ލޭ ފެންނަގޮތް ދިމާވެއެވެ. އެޙާލަތުގައި އޭނާ ރޯދަހިފަންޖެހޭނެ ކަމާއިމެދު ކިޔުންތެރިއަކު ވަނީ ސުވާލުކޮށްފައެވެ.
ޖަވާބަކީ:
ވިހައިގެން (ވިހެއުމަށްފަހު) 40 ދުވަސް ވުމުން އަންނަ ލެއަކީ އިސްތިޙާލާގެ ލެއެވެ. އެހެންވީމާ ފެންވަރައިގެން ނަމާދުކޮށް ރޯދަ ހިފަން ޖެހޭނެއެވެ. ކޮންމެ ނަމާދަށް ވުޟޫކުރަން ވާނެއެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް