ރަމަޟާން މަހުވެސް ފަހު ދިހައިގަވެސް، އަބަދުވެސް ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަމެއް ހިމެނިގެންވާ ކުރު ދުޢާއެއް- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރަމަޟާން މަހުވެސް ފަހު ދިހައިގަވެސް، އަބަދުވެސް ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަމެއް ހިމެނިގެންވާ ކުރު ދުޢާއެއް- ޤުރްއާނުން!

رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލް މުއްމިނޫން: 109)  

މިދުޢާގެމާނައަށް ބަލައިފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ފުރަތަމަ މިދަންނަވަނީ ތިމާ މިހުރީ ﷲ ތަޢާލާއަށް އީމާންވެގެންކަމަށެވެ. ދެން މިއެދި އާދޭސްދަންނަވަނީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ރަޙްމަތް ލައްވަވައިދެއްވުން އެދިއެވެ.  

މިއީ މިމަފަދަ މޫސުމެއްގައި ސަޖިދައިގައި އޮވެގެންވެސް އަދި ދެއަތް އުފުލައިވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން