ލައިލަތުލްޤަދްރި ވިލޭރޭ ފެށޭ ވަގުތު އޮޅުވާލާ މީހުންނަކަށް އެރެއެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލައިލަތުލްޤަދްރި ވިލޭރޭ ފެށޭ ވަގުތު އޮޅުވާލާ މީހުންނަކަށް އެރެއެއް ނުލިބޭނެ!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް މިއަދާއި ހަމައަށް ދުނިޔޭގައި ހުންނަން ﷲ ތަޢާލާ ރުހިވޮޑިގަތް އަޅުތަކުންނަށް މިވަނީ ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތަކާއި ހަމައަށް އައުދެވިފައެވެ. ބައްދަލުކުރެވިފައެވެ. މިބަޔާންކުރަނީ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކާއި ބައްދަލުކުރެވުނު ކަމުގެ ވާހަކަތަކެވެ. 

ބައެއް މީހުން ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބިގަންނަން މަސައްކަތް ފަށަނީ ޢިޝާ ނަމާދަށްފަހުގައެވެ. އަނެއް ބައަކު މެންދަމުކުރާ ދަމުނަމާދާއި ހަމައިންނެވެ. 

ބޮޑަށް ފާހަގަކޮށްލަން ބޭނުންވެގެން މިއުޅެނީ ބައެއް މީހުން ޢިޝާނަމާދަށް ދިއުމުގެ ކުރިން ރޭގެ ކަރާމާތް ލިބިގަތުމުން މަޙްރޫމްވާކަމެވެ. ބައެއް މީހުން މިސްކިތަށް އަރާނީ މަޣްރިބް ނަމާދާއި ޢިޝާނަމާދާއި ދެނަމާދު އެއްކޮށް ކުރުމަށެވެ. އަނެއް ބައަކު މަޣްރިބް ނަމާދުގެ ޖަމާޢަތަށްވެސް ދެއެވެ. 

ބުނަން މިއުޅޭ ވާހަކައަކީ ބައެއް މީހުން ރޯދަވީއްލާ ގަޑީގައި ބުނާ ނުބައި ބަސްތަކުން، އަދި ކުރާ ރުޅިވެރި ޢަމަލުތަކުން އެމީހުންގެ ޢަމަލުތައް ބާޠިލްވެ ލަޢްނަތް ލިބިގެންވާ މީހަކަށް ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވާހަކައެވެ. އެހެންވެއްޖެނަމަ ތިމާއަށް އެރޭގެ ރަޙްމަތް ގެއްލިގެން ހިނގައިދާނެ ކަމާއިމެދު ވިސްނަން އެބަޖެހެއެވެ. 

މީސްތަކުންނޭވެ! ބައެއް ޢިލްމުވެރިން ބަޔާންކުރައްވަޥާ ގޮތުގައި ޜޭގަނޑޫގެ ވަރަށް އިރާކޮޅު ގިނަ ބައަކު ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތުން މަޙްރޫމްވެގެންދެއެވެ. ސަބަބުތަކުގެ ތެރޭގައި ދުލުން ނުބައި ބަސްބުނުން، ޣީބަބުނުން ފަދަ ވިސްނައިނުލާ ކުރާ ބޮޑެތި ފާފަތައް ހިމެނެއެވެ. 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރަން އެދޭމީހާ، އެރެއަށް އިރުއޮއްސުމާއިއެކު އެކަމަށް މަސައްކަތްކުރަން ފަށަންވާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކިތަންމެ ކުޑަކުޑަ ޢަމަލެއް ނަމަވެސް ނުކުރުމަށާއި ރުހިވޮޑިގަންނަވާނެ ވީހައި ގިނަ ޢަމަލުކުރުންމަތީގައި ފަޖުރުލުމާއި ހަމައަށް ދެމިހުންނަން މަސައްކަތްކުރަންވާނެއެވެ. ލައިލަތުލްޤަދްރިވިލޭރޭ ހޯދަން ަމސައްކަތްކުރި މީހަކަށްވާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން