ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާ ދަރުމަ ޢަދަދުކުރެވޭނެ ކަލްކިޔުލޭޓަރެއް ނެތް! ޢާއިލާއަށާ ހުރިހާ އެކުވެރިންނަށް ޝެއާކޮށްލައި މިރެއަކީ ފަހުދިހަ ފެށޭރޭކަން ހަނދުމަކޮށްލަ ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާ ދަރުމަ ޢަދަދުކުރެވޭނެ ކަލްކިޔުލޭޓަރެއް ނެތް! ޢާއިލާއަށާ ހުރިހާ އެކުވެރިންނަށް ޝެއާކޮށްލައި މިރެއަކީ ފަހުދިހަ ފެށޭރޭކަން ހަނދުމަކޮށްލަ ދެއްވާ!

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިރެއަކީ މިހިނގާ ރަމަޟާންމަހުން 21 ވިލޭރެއެވެ. ފަހުދިހައިގައި ހިމެނޭ އޮނަހިރި ރޭތަކުގެ ފުރަތަމަ ރެއެވެ. އަހުރެން ދެކޭގޮތުގައި ފަހުދިހައިގައި އޮނަހިރި އާއި ހިރިއަށް ބެލުމެއްނެތެވެ. ފަހުދިހައިގެ ކޮންމެ ރެއަކީވެސް ގަދައަޅައި މަސައްކަތްކުރަންވީ ރެއެކެވެ. ކޮންތަމެއް ކުރަންހެއްޔެވެ؟ ޢަދަދުނުއެނގޭގައި ގިނަ އަހަރުތަކުގެ ޘަވާބާއި ދަރުމަ ދެއްވެވުން އެދިގެންނެވެ. 

ލައިލަތުލްޤަދަރިވިލޭރޭގެ ޘަވާބާއި ދަރުމަ ހިސާބުކުރެވޭނެ ގޮތެއް ނެތެވެ. އެހެނީ އޮތީ "އެއްހާސް މައްސަރަށްވުރެ އިތުރުކަން ބޮޑު" ކަމަށެވެ. ދެން ނިކަން ބުނެބަލާށެވެ! އެއްހާސް މައްސަރަށްވުރެ އިތުރުވެގެންވަނީ ކިތައް ހާސް މައްސަރުކަން އެނގޭނީ ކާކަށްހެއްޔެވެ؟ ހިސާބު ޖެހޭނެ ކަލްކިޔުލޭޓަރެއް ނެތް! ނުވެސް އުފެއްދޭނެއެވެ! 

ވީމާ ލައިލަތުލްޤަދްރުވިލޭރޭގެ މަތިވެރިކަން ހަމައެކަނި 84 އަހަރާ 3،4 މަހުން ނިންމައިލެވޭކަށް ނެތެވެ. ޙަޤީޤަތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެން ކުރަން އޮތް ކަމަޚީ ލައްލަތުލްޤަދްރިވިލޭރޭގ ޘަވާބާއި ދަރުމަ ޙާޞިލްކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. 

ދެން ބުނެލަން ބޭނުމީ މިރެއަކީ ކޮންރެއެއްކަނ، އެބަހީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ފެށޭރޭކަން ޢާއިލާގެ އެންމެންނަށާއި ހުރިހާ އެކުވެރިންނަށް ހަނދާންކޮށްދީ ހޭލުންތެރިކުރުވާށެވެ. މި ވާހަކަކޮޅު މެސެޖުކޮށްލިނަމަވެސް ޝެއާކޮށްލިނަމަވެސް ފުދޭނެއެވެ. އެއިރުން ތިބާއަށް އެކަމަށް ޙައްޤު ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން