ސުވާލު:. ފާހާނާގައި ހުންނައިރު ހިތުން ޛިކްރު ކުރެވިދާނެތޯ؟
ޖަވާބު:. ފާހާނާ އަކީ ޙަޤީޤަތުގާ ކުރިންވެސް ދެންނެވިފަދައިން ޛިކްރުކޮށް އެކަހަލަ ކަންތައް ކުރަންއޮންނަ ތަނެއްނޫން. އެހެންނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ އެއީ ފަހާނާގައި ޤަޟާޙާޖާ ކުރަން ނުވަތަ ފާހާނާ ތަށިމަތީގައި ހުންނަ ވަޤުތުތަކޭ ޛިކްރު ކުރުމާއި އެފަދަ ކަންތައްތަކުން ދުރުހެލިވާން ޖެހޭނީ.
އެހެންނަމަވެސް ފެންވަރަން ހުންނަވަޤުތުގައި، ނުވަތަ ވުޟޫކުރަން ހުންނަ ވަޤުތުގައި އެކަހަލަ ވަޤުތެއްގައި ކިޔަންޖެހޭ ޛިކްރެއް ކިޔާލުން އެގޮތަކުން މައްސަލައެއްނޫން. ޤަޟާޙާޖާ ކުރަންހުންނަ ވަޤުތުތަކުގާ އެފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެ..
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް