4 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ބަންގިގޮވުމުން ލުއިގޮތަކަށް ރޯދަވީއްލާފަ މަޣްރިބް ނަމާދުކޮށްގެން ސައިބުއީމަ އެދެމެދުގަ ހައިވެގެން އުޅެންޖެހޭތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
4 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ބަންގިގޮވުމުން ލުއިގޮތަކަށް ރޯދަވީއްލާފަ މަޣްރިބް ނަމާދުކޮށްގެން ސައިބުއީމަ އެދެމެދުގަ ހައިވެގެން އުޅެންޖެހޭތަ؟

ބަންގިގޮވުމުން ލުއިގޮތަކަށް ރޯދަވީއްލާފަ މަޣްރިބް ނަމާދުކޮށްގެން ސައިބުއީމަ އެދެމެދުގަ ހައިވެގެން އުޅެންޖެހޭތަ؟ 

ކުޑަކުޑަ ތަފްޞީލެއްވެސް ދޭނަމެވެ. މަޣްރިބްނަމާދަށް ބަންގިގޮވީއެވެ. ފިރިހެނުން ކަދުކޮޅަކާ ފެންފޮދަކުން ރޯދަވީއްލައިގެން ޖަމާއަތުގައި ނަމާދުކުރީއެވެ. އަންހެނުން ގޭގައި ނަމާދުކުރީއެވެ. ރޯދަ ވީއްލި ސައި މިބޮނީ ނުވތަ ކެއުން ކަނީ މަޣްރިބް ނަމާދުކޮށްގެންނެވެ. ސުވާލަކީ ނުކައި އެވަގުތުކޮޅު މަޑުކޮށްލާތީ ބަނޑުހައިވެ ހަށިގަނޑަށް އެއްވެސް އުނދަގުލެއްވޭހެއްޔެވެ؟  

ރަމަޟާން މަހުގެ ކުރިއަށް އޮތް ކޮންމެ ދުވަހަކުވެސް މިއަދުނޫހުން ކިޔުންތެރިންނަށް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. އިން ޝާ ﷲ  

ކިޔުންތެރިންނަށް އޮތީ ސުވާލަށް ޖަވާބު ދެއްވުމެވެ. ޖަވާބު ނުބައިވެދާނީވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެނގިލައްވާ ގޮތަކަށް ޖަވާބުދެއްވާށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރިއުޅުން އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރުމުގެ ޝައުޤުވެރިކަން ކިޔުންތެރިންގެ ހިތްތަކުގައި އުފައްދުވަން މަސައްކަތްކުރުމެވެ. 

މިއަދު (21 ރަމަޟާން) ގެ ސުވާލު:  

ބަންގިގޮވުމުން ލުއިގޮތަކަށް ރޯދަވީއްލާފަ މަޣްރިބް ނަމާދުކޮށްގެން ސައިބުއީމަ އެދެމެދުގަ ހައިވެގެން އުޅެންޖެހޭތަ؟  

އިނާމު ހޯއްދަވަން ޖަވާބު ދެއްވުމުގެ ފުރުޞަތު ސުވާލު ޝާއިޢުކުރާ ވަގުތުން ފެށިގެން 24 ގަޑިއިރަށް!

މިއަދު އޮންލައިން