ކުޑަކުދިން ފޫހިނުވާނެ މަގުން ރޯދަހިފުމުގެ ކަންކަން އިންތިޒާމުކުރަން ކުރެވިދާނެ ބައެއް ކަންކަން: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުޑަކުދިން ފޫހިނުވާނެ މަގުން ރޯދަހިފުމުގެ ކަންކަން އިންތިޒާމުކުރަން ކުރެވިދާނެ ބައެއް ކަންކަން: ޑރ. ޝަހީމް

ރަމަޟާން މަސް އައުމުން ކުޑަކުދިން ލައްވައި އަލަށް ރޯދަހިއްޕަވަންފަށާއިރު، މުޅީ ދުވަހު ރޯދައަށް ނުހުރެވޭނެނަމަ ނުބަހައްޓައި ކުއްޖާއަށް ކެރިކުޅަދާނަވާވަރުން އިޓަވަލްތަކަކަށް ބަހާލައިގެން ފަށައިގަންނާށެވެ.  

ކުދިން ރޯދައަށް ބައިތިއްބާއިރު އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭނެ އެއްކަމަކީ އެކުދިންނަށް ހުސްވަގުތުލިބުނަނުދިނުމެވެ. އެގޮތުން ފައިދާހުރި މުބާރާތްތައް (ޤުރްއާން، މަދަހަ، ކްއިޒް) ފަދަ މުބާރާތްތަކުގައި ބައިވެރިކުރުވިދާނެއެވެ. ގޭގަި ޤުރްއާން ކިޔެވުމާއި ނަމާދުކުރުން ފަދަ ކަންކަން ގޭގެ ހުރިހާ ކުދިންގެ މެދުގައި ވާދަވެރި ގޮތަކަށް ކުރިއަށް ގެންދވިދާނެއެވެ. 1 ވަނަ ހޮވައި އިނާމުވެސްދޭށެވެ!  

ހަމައެއާއިއެކު ކުޅިވަރުކުޅުމަށާއި ޤުރްއާން ކިޔެވުމާއިމ މިފަދަ ކަންކަން ކުރާނެ ވަކިޥަގުތުތަކެއް ޚާއްޞަކޮށް ހަމަޖައްސަންވާނެއެވެ. މިފަދަ ހުރިހާ ކަންކަންވެސް ރާވަންވާނީ ދަރިން ފޫހިނުވެ ރޯދަހިފުމަށް ޝައުޤްވެރިކަން އިތުރުކުރުވުމަށެވެ.  

ނަރަކައިން އަނބިދަރިން ސަލާމަތްކުރަން މަސައްކަތްކުރަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެންމެ މުހިންމު އެއްކަމަކީ ދަރިންނަށް އިސްލަމީ ތަރުބިއްޔަތުދިނުމެވެ. ދީނުގެ ކަންކަމަށް ދަރިންގެ ހިތްތަކުގައި ލޯބި ޖައްސުވަން މަސައްކުރުމުމެވެ. އަނބިދަރިން ދެކެ ލޯބިވާނަމަ ކުރަން އޮތް ކަމަކީ އެއީއެވެ.  

ޙަދީޘްފުޅުގައިވެއެވެ. "ތިއަބައިމީހުންގެ ދަރިން 3 ކަމެއްގެ މަތީގައި ތަރުބިއްޔަތުކުރާށެވެ! އެއީ 1: ތިއަބައިމީހުންގެ ނަބިއްޔާ ދެކެ ލޯބިވުމުގެ މައްޗަށް ދަރިން ތަރުބިއްޔަތުކުރާށެވެ! 2. އަދި އެކަލޭގެފާނުގެ އާލުބައިތުންދެކެ ލޯބިވުމަށެ، 3 އަދި ޤުރްއާން ކިޔެވުމަށް އެކުދިންގެ ހިތްތަކުގައި ލޯބިޖައްސުވާށެވެ!  

- ޑރ. މުޙަމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް. 

ގުޅުންހުރި ވީޑިއޯ:

 

 

 

މިއަދު އޮންލައިން