ނިޔާވެފައިވާ މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނިޔާވެފައިވާ މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް: މުފްތީ މެންކް

ވަރަށް ގިނައިން މީހުން ކުރާސުވާލެކެވެ. "އަހަރެންގެ މައިންބަފައިންވަނީ ނިޔާވެފައެވެ. އެމީހުންނަށްޓަކައި ކޮށްދެވޭނެ ބޮޑު ހެޔޮކަމަކީ ކޮބައިހެއްޔެވެ؟"

ޖަވާބަކީ އެއީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ. އެއީ އެމީހުންނަށްޓަކައި ހެޔޮދުޢާކުރުމެވެ. ކުރަންވީ ދުޢާތައްވެސް ކީރިތި ޤުރްއާނުގައާއި ޙަދީޘްފުޅުތަކުގައި ވަނީ ބަޔާންވެގެންނެވެ. 

ނަމަވެސް ގިނަ މީހުންނަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެމީހުންނަށް ޤަބޫލުކުރެވެނީ އެއީ ކުރަން މާކުޑަކުޑަކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އަދި ކީއްހެއްޔެވެ؟ މައިންބަފައިންނަށްތަކައި ހެޔޮދުޢާކުރަން ވަކި ޢަދަދެއްވެސްނެތެވެ. ކުރެވުނުހައި ގިނައިން ކޮންމެ ދުވަހަކުވެސް ކުރަމުން ގެންދަންވީއެވެ. 

ދެންބަލައިލަންވީ ދުޢާކުރަންވީ ކޮންކަމަކަށްތޯއެވެ؟ ދުޢާކުރަންވީ އެމީހުންގެ ފާފަތައް ފުއްސަވައިދެއްވަވައި ޖަންނަތުލްފިރުދައުސް ދެއްވެވުން އެދިގެންނެވެ. އެއަށްވުރެ ކުރަން ވަކިން ފައިދާހުރި ކަމެއް އަހުރެންނަށް އެނގޭކަށް ނެތެވެ. 

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

ފަދަ ދުޢާތަކެވެ. 

އެއްވެސް ޙާލެއްގައި މިބަހުގެ މާނައަކީ ތަނަވަސްކަންހުރިނަމަ އެމީހުންނަށްޓަކައި ޙައްޖުވުމާއި މިސްކިތް އެޅުމާއި ސްކޫލްތައް އެޅުންފަދަ ބުރަ އުގުލައިގެން، ބޮޑެި ހޭދަތައްކޮށްގެން ކުރެވެންހުރި ކަންކަން ނުކުރުމެއް ނޫނެވެ. ކެރިކުޅަދާނަކަންހުރިނަމަ އެފަދަ ކަންކަންވެސް ކުރަންވީއެވެ. އެފަދަ ކަންކަން ކުރަމުންވެސް ދުޢާކުރަންވާނެއެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން